ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާ ސަފީރު ނައިބުރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބުރައީސް ފައިސަލް ނަސީމްގެ އަރިހަށް ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު އާދަމް މަޒްރަވީ ޖައުފަރު ސާދިގު، އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ނައިބުރައީސް ވަނީ ރާއްޖެއާއި ލަންކާ އާއި ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ލަންކާ ސަރުކާރުން ރާއްޖެއަށް މެދުނުކެނޑި ދެމުންދާ އެހީތެރިކަމާ އެއްބާރުލުމަށް ނައިބު ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ އިގްތިސާދާއި ވިޔަފާރީގެ ރޮނގުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

މީގެ އިތުރުން ސްރީލަންކާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި އެކުދިންގެ އާއިލާތަކަށް ވިސާގެ ލުއިތައް ދިނުމާއި ގުޅޭގޮތުން ސްރީލަންކާ ސަރުކާރުން ވިސްނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ މިއަހަރު އދ ގައި ބޭއްވުނު ކްލައިމެޓްޗޭންޖް ކޮންފަރެންސާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ނައިބު ރައީސް ވިދާޅުވީ އެ ކޮންފަރެންސް އިން ހާސިލްކުރެވުނު އެންމެ މުހިއްމު ލަނޑުދަނޑިއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދިނުމަށް ފަންޑެއް ގާއިމް ކުރުން ކަމަށެވެ.

ނައިބު ރައީސް ވަނީ ސްމޯލް އައިލެންޑް ޑިވޮލޮޕިން ސްޓޭޓް (ސީޑްސް) ގެ މެމްބަރު ގައުމުތަކަށް ކުރިމަތިވަމުން އަންނަ މާލީ ހީނަރުކަމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުން އނަން ނުރައްކާތެރި ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެނެސް ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ މައްޗަށްވެސް ނައިބުރައީސް ވަނީ މި ބައްދަލުވުމުގައި އަލިއަޅުއްވާލައްވާފައެވެ.

ރާއްޖެއާއި ސްރީލަންކާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1965 ވަނަ އަހަރުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: