ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ކަރުދާހުގައި ނަޝީދުގެ ނަން އޮވެއްޖެނަމަ ސާލިހު އަށް %8 ލިބުނަސް އެއީ ބޮޑުވަރު: މަލީހު

މިނިސްޓަރ މަލީހު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް 8 އިންސައްތަ ލިބުނަސް އެއީ ބޮޑު ކާމިޔާބީއެއްގެ ލިބުމާއި އެއްފަދަ ކަމެއްގެ ގޮތުގައި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ކަނޑައެޅުމަށް އެމްޑީޕީއިން ބޭއްވުމަށް ހަމެޖެހިފައިވާ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަމާއިމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އެމްޑީޕީ އަދި ރައީސް ސާލިހުގެ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވާ މަލީހުވަނީ މިހާރުގެ ވެރިކަން ވެގެންދާނީ އެމްޑީޕީއަށް އެންމެ ނާކާމިޔާބު 5 އަހަރު ގޮތުގައިކަމަށް ސިފަކުރައްވާފައެވެ.

މަލީހު ވިދާލުވީ، މިހާރު އެމްޑީޕީ އޮތީ “ގާހަކަ ޖަހާ” ފެހިކަހަން ޖެހޭ ހާލަތުގައިކަމަށެވެ. އަދި ރައީސް ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ނަޝީދުގެ ނަން އޮވެއްޖެ ނަމަ، ރައީސް ސާލިހު ބައިވެރި ނުވުމާއި އެއްފަދަ ވެގެންދާނެކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، އެ ހާލަތުގައި ރައީސް ސާލިހަށް 8 އިންސައްތަ ވޯޓު ލިބުންވެސް ވެގެންދާނީ ކާމިޔާބީއެއް ލިބުމާއި އެއް ފަދަ ކަމެއްކަމަށެވެ.

މަލީހުވަނީ ރައީސް ސާލިހުގެ ވެރިކަމަށް 4 އަހަރު ފުރުހުން ފާހަގަކުރުމުގެ ގޮތުންވެސް ޓްވީޓެއް ކުރައްވާފައެވެ. އެނާ ވިދާޅުވީ، އެމަނިކުފާނަކީ، ގައުމެއް ހިންގޭ ފެންވަރުގެ އިލްމެއް އަދި ތަޖުރިބާ އާއި އަހުލާގެއް ނެތް ބޭފުޅެއްކަމަށެވެ. އަދި ރައީސް ސާލިހަކީ ވިސްނުން ކޮށި، ކޮމިއުނިކޭޝަން ސްކިލް ދަށް ވެރިއެއްކަމަށްވެސް އެނާ ވަނީ ވިދާޅުވެފައެވެ.

މަލީހު ވިދާޅުވީ، 4 އަހަރުވެގެން ދިޔައިރު ރައީސް ސާލިހުއަށް ދައުލަތުގެ ވުޒާރާތައް ހުރި ތަންތަން އިނގިފައިނުވާކަމަށެވެ. އަދި އެމަނިކުފާނުވަނީ ވައުދުތަކެއް ވުމަށްފަހު ވައުދު ފޮތް ފޮރުވާފައިކަމަށާއި އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ މިހާރު އެއީ އެމަނިކުފާނުގެ އެންމެ ބޮޑު ދުޝްމިންކަމަށް ސިފަކުރައްވާ މަލީހުވަނީ އެކަމުގެ ހުރިހާ ޝުކުރެއް އަދާކުރަންޖެހެނީ މެޑަމް ފަޒްނާގެ ބައްޕައަށްކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: