ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ބޭނުންނަމަ މިނިސްޓަރު ގޮވައިގެން ޝަރީއަތަށް ދެވިދާނެ: ނަޝީދު

ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

“ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވާއިދު” ގެޒެޓްކުރަން ފޮނުވާފައި ނުވާތީ ހައުސިންގ މިނިސްޓަރު  މުހައްމަދު އަސްލަމް ގާނޫނާއި ހިލާފުވެފައިވާތީ މެމްބަރުންނަށް މިނިސްޓަރ ގޮވައިގެން ޝަރީއަތަށް ދެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގާނޫނުގައި އަމަލްކުރަންވީ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން އެގޮތަށް އަމަލްކުރުން ނޫންގޮތެއް ގާނޫނުގައި ހިމެނިފައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ގާނޫނުގައި އޮތް ގޮތަށް އަމަލު ނުކުރުމަކީ ގާނޫނާއި ހިލާފްވުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވަޒީރުންނާއި ސަރުކާރަށް ފުރުސަތުލިބިފައިވާ ކަމަށާއި މި ސަރުކާރަކީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް ސަރުކާެރެއް ކަމަށެވެ. އަދި ވަޒީރަކީ ވެސް އެމްޑީޕީ މެމްބަރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން ވަޒީރުންނަށް މެމްބަރުންނާއި މަޝްވަރާކޮށްގެން އެދިވަޑައިގަންނަވާ ގޮތަކަށް ކަންކަން ގެންދިއުމުގެ ފުރުސަތު މަޖިލީހުގައި ފަހިވެފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކަން އެގޮތަށް އޮއްވާ ވަޒީރު އަމިއްލަފުޅަށް ބޭނުންވާ ގޮތަކަށް ކަން ކުރެއްވުމަކީ ރާއްޖޭގެ ގާނޫނު އަސާސީ ތަންދޭ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިނިސްޓަރު އަމަލުކުރެއްވި ގޮތާއިމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެކަމުގައި މެމްބަރުން ވިސްނަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވާއިދު އެކުލަވާލާ ގެޒެޓު ކުރުމަށްޓަކައި 2018 ވަނަ އަހަރު ވަނީ  ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައެވެ. އެކަމަކު، ގިނަ ދުވަސްތަކެއް ވެގެންދިޔަ އިރު ވެސް ގަވާއިދު ގެޒެޓް ނުކުރާތީ އެ ކޮމެޓީން ވަނީ 2020 ވަނަ އަހަރު އެ މައްސަލަ ބަލަން ފަށާފައެވެ. އެއަށް ފަހު ކޮމެޓީން ނިންމީ، އެކަން ރަނގަޅު ކުރުމަށް ހަފުތާއެއްގެ މުހުލަތެއް މިނިސްޓްރީއަށް ދިނުމަށެވެ. އެ މައްސަލައިގައި މިއަދު މަޖިލީހުގެ ގަވާއިދު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު  ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: