ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައެއްގެ ހުކުމް ކުރާ މަޖިލިސް ނުބާއްވައިގެން ގާޒީއެއްގެ މައްސަލަ ބަލަނީ

ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހުކުމް ކުރާ މަޖިލިސް ނުބާއްވައިގެން އެ ކޯޓުގެ ގާޒީއެއްގެ މައްސަލަ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ސުލޫކީ މައްސަލައެއްގެ ގޮތުގައި އެ ކޮމިޝަނުން ބެލުމަށް ނިންމާފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ޞަފްވަތު ޙަބީބްގެ ސުލޫކީ މައްސަލައެއެކެވެ.

ޖޭއެސްސީން ބުނެފައިވާ ގޮތުގައި ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ޚުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީނަމަވެސް، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ ޚުކުމް ކުރުމުގެ މަޖިލިސް ގާޒީ ސަފްވަތު ބާއްވާފައެއް ނުވެއެވެ. 

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޤާޒީ ޞަފްވަތު ޙަބީބްގެ ސުލޫކީ މައްސަލައެއް ބަލަން ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާފައިވާ ކޮމިޓީއިން ނިންމާފައިވާތީ، 2022 ނޮވެމްބަރ 16 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 82 ވަނަ ޖަލްސާގައި މިމައްސަލަ ތަޚްޤީޤު ކުރުމަށް ކޮމިޓީއެއް ވަނީ އެކުލަވާލައިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: