ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޑީއެފް ފަންޑުގައި ހުރި ފައިސާ ހުސްކޮށްލީ އެމްއެމްއޭގެ ބާރު ނުފޯރާ ގޮތަށް ގާނޫނަށް ބަދަލު ގެނެސްގެން: ޝިޔާމް

ޕީޕީއެމް ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ހުރި ފައިސާ ހުސްކޮށްލީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބާރު ނުފޯރާ ގޮތަށް ގާނޫނަށް ބަދަލު ގެނެސްގެންކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެސްޑީއެފް ފަނޑުގައި ހުރި ފައިސާ ވަރަށް ބޮޑަށް ދަށްވެފައިވާތީ އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ޝިޔާމް ޓުވީޓެއް ކުރައްވާ ވިދާޅުވީ ވެރިކަމުގެ މާމުއި ހަނދުވަރު ދުވަސްވަރު ކާޑާއި ތެޔޮ ގަންނަން ޑޮލަރު ނެތިގެން ފަންޑުގައި ހުރި ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލުކުރިކަމަށެވެ. އަދި އެއަށްފަހު އެމްއެމްއޭގެ ބާރު އެސްޑީއެފް ފަންޑަށް ނުފޯރާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ މުސާރަދޭނެ ފައިސާ ނެތިގެންކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ޝިޔާމްގެ ޓުވީޓުގައި ވަނީ ޕެންޝަން ފަންޑުވެސް ހުސްވެފައިވާކަމަށްވެސް ފާހަގަކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ގާއިމްކުރި މި ފަންޑުގައި ހުންނަ ފައިސާ ކޮންމެ ތިން އަހަރަކުން އިތުރުވެގެންދާނެކަމަށް ފަންޑު ގާއިމު ކުރެއްވި އިރު އިގްތިސާދީ ވަޒީރުގެ މަގާމުގައި ހުންނެވި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވި އިރު މި ފަންޑުގައި 200 މިލިއަން ޑޮލަރަށްވުރެ އިތުރަށް ހުރި ނަމަވެސް މިހާރު ފަންޑުގައި ހުރީ 6.4 މިލިއަން ޑޮލަރާއި ގާތް ކުރާ އަދަދެކެވެ.

ސައީދު ވިދާޅުވެފައިވާގޮތުން، ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވާ ކޮންމެ މީހެއްގެ މައްޗަށްވެސް މި ފަންޑު ރައްކައުތެރިކަމާއި އެކު ބެލެހެއްޓުން ލާޒިމުވެގެންވެއެވެ. އެހެން ނަމަވެސް ރައީސް ސާލިހުވަނީ މި ފަންޑުގައި ހުރި ފައިސާ ދިވެހިރާއްޖެއަށް މާލީ މަންފާތަކެއް ހާސިލުކޮށްދެއްވުމުގެ ނަމުގައި ބޭރުގައުމެއްގައި އިންވެސްޓުކޮށްފައިކަމަށް ސައީދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން “ސަންގުން” ފިނޭންސް މިނިސްޓްރީއައި ސުވާލުކުރުމުން ބުނީ، ފަންޑުގެ ސައިޒަށް އެއްވެސް ބަދަލެއް އައިސްފައިނުވާނެކަމަށާއި، އަދި އެ ފަންޑުގެ ބެލެންސް ދަށްވެފައިވާ ސަބަބަކީ އިންވެސްޓުކުރެވިފައިވުންކަމަށް ފާހަގަކޮށް ފިނޭންސް އިން ބުނެފައިވާގޮތުން އެ ފަންޑުން އެއްވެސް ހަރަދެއް ކޮށްފައިވާނަމަ ދަށްވެގެންދާނީ ފަންޑުގެ ޖުމުލަ ސައިޒެވެ. އެހެން ނަމަވެސް އެފަދަ ހަރަދެއް ކޮށްފައިނުވާނެކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: