ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްކުރުމުގައި، ޤަޞްދުގައި ކުޑަކުދިން ބޭނުންކުރޭ، ތުހުމަތު ކުރެވޭ ފަރާތްތަކަށް ދައުވާ އުފުލަން ފަށައިފި

ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކުށްކުރާ ޖަމާޢަތްތަކުން ކުށްކުރުމުގައި، ޤަޞްދުގައި ކުޑަކުދިން ބޭނުންކުރާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިފަދައިން ވިދާޅުވީ 2022 ޖޫން މަހު، އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި މާރާމާރީގެ ހާދިސާއެއްގައި، މީހަކު ނިޔާވެފައިވާ މައްސަލައިގައެވެ. އެގޮތުން ފުލުހުން ކުރިޔަށް ގެންދާ ތަހުގީގުތެރެއިން ފާހަގަވި ބައެއް ކަންކަން ޕީޖީ ޝަމީމް ވަނީ އޭނާގެ އަމިއްލަ ބްލޮގް މެދުވެރިކޮށް ހިއްސާ ކުރައްވާފައެވެ.

ޝަމީމް ވިދާޅުވެފައިވާ ގޮތުގައި އައްޑޫ ސިޓީގައި ހިނގި މާރާމާރީގެ މައްސަލަ ތަޙްޤީޤުކުރުމަށް ފުލުހުން ކުރެއްވި މަސައްކަތަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވިއެވެ. ތުހުމަތުކުރެވޭ މީހުންގެ ފަރާތުންނާއި، އެމީސްމީހުންނާ ގުޅިފައިވާ މީހުންގެ ފަރާތުންނާއި މަދުން ނަމަވެސް، ދިފާޢީ ވަކީލުންގެ ފަރާތުންވެސް ގޮންޖެހުންތައް ކުރިމަތިވިކަން ޕީޖީ ވަނީ ފާހަގަ ކުރައްވާފައެވެ.

ޕީޖީ ވިދާޅުވި ގޮތުގައި މައްސަލައިގެ ތަޙްޤީޤުގެ އެކި މަރްޙަލާތަކުގައި ފުލުހުންނާއެކު ޕްރޮސިކިއުޓަރުން މަސައްކަތް ކުރެއްވިއެވެ. ބައެއް ނިންމުންތައް ނިންމުމުގައި ސީދާ އެމަނިކުފާނާ ވެސް މަޝްވަރާ ކުރެއްވިކަން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން މިމައްސަލައިގެ ތެރެއިން ކަށަވަރުވި ކަމަކީ، ކުށްކުރާ ޖަމާޢަތްތަކުން ކުށްކުރުމުގައި، ޤަޞްދުގައި ކުޑަކުދިން ބޭނުންކުރާކަން ކަމަށް ޕީޖީ ވިދާޅުވިއެވެ.

އެގޮތުން އެކުދިން ލައްވާ ކުށްކުރުވުމަށްފަހު، ދިފާޢުގައި ހެކި އުފެއްދޭގޮތަށް ޙަރަކާތްތައް ހިންގާފައިވާކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ. އޭގެން ބައެއް މިސާލުތައް ވެސް ޕީޖީ ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެކުދިން ލައްވާ ކުށްކުރުވި ވަގުތު، އެހެން ތަނެއްގައި ތިބިކަން ދެއްކުމަށްޓަކައި، ވަކި ރޭވުމެއްގެ ތެރެއިން، ކުށުގެ މާޙައުލު ނޫން އެހެން ތަނެއްގައި އުޅެ، އެތަނުގައި އުޅުނުކަން އެކި މީސްމީހުންނަށް އެންގުމަށް، މިކަމުގައި ހިމެނޭ ބޮޑެތި މީހުން މަސައްކަތް ކޮށްފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެމީހުން އެކަން ކުރީ އެގޮތަށްކަން، އެބޭނުމުގައިކަން، ތަޙްޤީޤަށް އޮތީ ހޯދިފައި ކަމަށާއި އެހެންކަމުން އެކަމަކީ ޝަރީޢަތުގައި ފަސޭހައިން ކިޔައިދެވޭގޮތަށް ހެކި ހޯދިފައިވާ ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިމައްސަލައިގައި މުހިންމު ނިންމުންތަކެއް ނިންމުމަށްފަހު، މިކަމުގައި ހިމެނޭ ބޮޑެތި މީހުންގެ ތެރެއިން 7 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ވަނީ މައްސަލަ ހުށަހަޅާފައެވެ.

މިމައްސަލައިގައި ހިމެނޭ 6 މީހެއްގެ މައްޗަށް، ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ 8 ދައުވާއެއް، ވަކިވަކިން، ހެއްކާއެކު ހުށަހަޅާނެކަން ޕީޖީ ވަނީ ފާހަގަ ކުރައްވާފައެވެ. އެއިން ކޮންމެ ކުށެއް ވަކިން ސާބިތުކުރެވޭނެ ކަމަށާއި އެދައުވާތަކަށް، ޖުމްލަ 24 އަހަރުގެ ޖަލު ޙުކުމެއް އައުމުގެ ފުރުޞަތު އެބައޮތް ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދި ބާކީ ހުރި މީހާގެ މައްޗަށްވެސް، ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ 4 ދައުވާއެއް، ވަކިވަކިން ހުށަހަޅާނެ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

މިދައުވާތަކުގެ އިތުރުން، 2 މީހެއްގެ މައްޗަށް، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، 5 މީހެއްގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާވެސް ވެސް ކޮށްފައެވެ.

މިމައްސަލައަކީ، ޤާނޫނުގެ ދަށުން، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުދިން ބޭނުންކުރުމުގެ ކުށުގެ ދައުވާ، އެންމެ ގިނަ ބައެއްގެ މައްޗަށް ހުށަހެޅުނު މައްސަލަ ކަމަށް ޕީޖީ ވިދާޅުވިއެވެ. މިއީ އަދި ފެށުމެއްކަން ފާހަގަ ކުރައްވާ ޕީޖީ ވިދާޅުވީ ކުށްކުރާ ޖަމާޢަތްތަކުން، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ، އެކަމަކީ އޭގެ ޒާތުގައި ދައުވާ ކުރެވޭނެ ކުށެކެވެ. އައްޑޫގައި، ނުވަތަ އެނޫން ރަށެއްގައި ވިޔަސް، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ، އެކަމަށް ވަކިން ދައުވާ ކުރެވޭނެއެވެ. ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުން ނިމުމަކަށް ގެނައުމަށް ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ޕީޖީ ފާހަގަ ކުރެއްވި ގޮތުގައި ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 122 ވަނަ މާއްދާ (ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށް) ގައި އޮތީ، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމަކީ ކުށެއް ކަމަށެވެ. ހަމަ އެމާއްދާގައި، ޖިނާއީ ކުށެއް ކުރުވުމަށްޓަކައި ކުޑަކުއްޖަކު ރެކްރޫޓްކުރުމަކީ ނުވަތަ ގްރޫމް ކުރުމަކީ ކުށެއްކަމަށްވެސް އޮވެއެވެ. އެކުށުގެ އަދަބަކީ 3 އަހަރު ދުވަހަށް ޖަލަށްލުމެވެ. އެކުށްކުރީ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހެއްނަމަ އެކުށުގެ އަދަބަކީ 5 އަހަރު ދުވަހަށް ޖަލަށްލުމެވެ. މިކުށަކީ އަދި ޖިންސީ ޢަމަލެއް ހިންގުމަށް ގްރޫމް ކުރުމުގެ ކުށެއް ނޫނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: