ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ފާސްކުރަން ވޯޓު ނުދިން މެމްބަރުންނަށް ޕާޓީން ވަކިކުރަން ޖެހޭނަމަ އެކަން ވެސް ކުރާނަން: އަސްލަމް

ރައްޔިތުންގެ މަޖިލީޙުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރުމަށް ވޯޓް ނުދިން އެމްޑީޕީ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބަޖެޓު ފާސްކުރުމަށް މަޖިލީހުގައި ނެގުނު ވޯޓުގައި 61 މެމްބަރުން ވަނީ ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވާފަ އެވެ. ދެކޮޅަށް ވޯޓު ދެއްވީ އަށް މެމްބަރުންނެވެ.

ބަޖެޓަށް ވޯޓް ނުދިން އެމްޑީޕީ މެމްބަރުންގެ ތެރޭގައި ހިމެނެނީ:

  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  • މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
  • އުނގޫފާރު ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
  • ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

ބަޖެޓް ފާސްކުރުމަށް ވޯޓް ނުދިން މެމްބަރުންނަކީ މަޖިލީހުގެ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ނެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ބަޖެޓް ބަހުސްގައި ބޮޑު ބަޖެޓެއް ހުށައަޅާތީ އެކަމާ ދެކޮޅަށް ވަކާލާތު ކުރައްވާފައެވެެ.

ވިޕްލައިނާ ހިލާފުވި މެންބަރުންނާ ގުޅޭގޮތުން  ޕީޖީ ލީޑަރު އަސްލަމް ވިދާޅުވެފައިވަނީ ވިޕްލައިނާ ހިލާފުވުމަކީ ބައެއް މެންބަރުން ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެހެންކަމުން އެފަދަ މެންބަރުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. މީގެކުރިން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ ފިޔަވަޅު ނާޅާކަމަށް ”ސަންގު“ އިން ފާހަގަ ކުރުމުން އަސްލަމް ވިދާޅުވީ މީގެކުރިން ވެސް ފިޔަވަޅު އަޅަން ނިންމި މެމްބަރުންނާއި މެދު ފިޔަވަޅު އެޅި ކަމަށާއި އެގޮތުން  މާފަށް އދުމަށް އެންގުމާއި ޕާޓީގެ ހަރަކާތްތަކުން އެކަހެރި ކުރުން ފަދަ ފިޔަވަޅުތައް ހިމެނޭކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ ވިޕްލައިންއާ ހިލާފަށް ވޯޓު ދިން މެމްބަރުން ވޯޓު ދިން އަދަދު ބަލާ ޕާޓީން ވަކިކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުައްވާނެ ކަމަށާއި އެއީ އޭނާގެ މަސްއޫލީއްޔަތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވިޕްލައިން އާއި ހިލާފްވެއްޖެނަމަ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްއިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ވިޕާ ހިލާފްވި މެމްބަރަށް ނަސޭހަތް ދިނުމާއި، ދެވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ ނަސޭހަތް ދިނުމަށްފަހު މައާފަށް އެދުމަށް އެންގުން ހިމެނެއެވެ. ތިންވަނަ ފަހަރު ވިޕާއި ހިލާފްވެއްޖެނަމަ ޕާޓީގެ ފަރާތުން ދޭ އިނާޔަތްތައް މެދުކަނޑާލުން ހިމެނޭއިރު ހަތަރު ވަނަ ފަހަރަށް ވިޕް ލައިން އާއި ހިލާފުވުމުން ޕާޓީގެ މަގާމެއްގައި ހުރިނަމަ އެ މަގާމުން ވަކިކޮށް ކުރިއަށް އޮތް އެއް އަހަރު ދުވަހަށް އެތެރޭގެ އިންތިހާބުތަކުގައި ކުރިމަތި ނުލެވޭ ގޮތް ހެދުން ހިމެނެއެވެ. އަދި ފަސްވަނަ ފަހަރު ވިޕާއި ހިލާފްވެއްޖެނަމަ ޕާޓީން ވަކި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ވިޕާއި ހިލާފްވުމުން ފިޔަވަޅު އެޅުމަކީ އޭނާގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން އެކަމަށް ފިޔަވަޅު އަޅަނެ ކަމަށާއި ނަމަވެސް އަޅާނެ ފިޔަވަޅެއް އަސްލަމް އަދި މިހާތަނަށް ވިދާޅުވެފައެއް ނުވެއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 86%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: