ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަމަރު ބުލޫ އިބްރާހިމް މަނިކު އަވަހާރަވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް  ލިބިވަޑައިގެންނެވި، ކުރީގެ އިންފޯމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ސަމަރުބްލޫ އިބްރާހީމް މަނިކު ދާދި ދެންމެއަކު އަވަހާރަވެއްޖެއެވެ.

އިބްރާހިމް މަނިކު އަވަހާރަވީ، ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ސަމަރުބުލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ބްރޯޑްކާސްޓިން ދާއިރާގައި ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައި އެ ދާއިރާ އަށް ގިނަ ބަޔަކު ނެރުއްވައިފައެވެ.

އިބްރާހީމް މަނިކު ދިވެހި ރާއްޖޭގެ އަޑާ ގުޅިވަޑައިގަތީ 1974 ވަނަ އަހަރުގެ ޖުލައި 24 ގައި އާދައިގެ ވަގުތީ ވަޒީފާއަކަށެވެ. އޭގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު އެހާތަނަށް މީޑިއާގެ ތަޖުރިބާއެއްވެސް ލިބިވަޑައިގެންފައެއް ނުވެއެވެ. އަޑުގެ ވަގުތީ ވަޒީފާއިން ދާއިމީ ވަޒީފާއަށް ބަދަލުވީ 1976 ވަނަ އަހަރުއެވެ. ކުރެއްވި ބުރަ، އަދި އިހުލާސްތެރި މަސައްކަތްތަކާއެކު އަޑުގެ ވެރިޔާގެ މަގާމާ ހަމައަށް ވަޑައިގެންނެވިއެވެ. އޭގެ ފަހުން 1980ގެ އަހަރުތަކުގެ ތެރޭގައި ޓީވީއެމްގެ ވެސް ވެރިޔާގެ މަގާމު ލިބިވަޑައިގެންނެވިއެވެ. އޭގެ ފަހުން އެ ދާއިރާގެ ވަޒީރުކަން ވެސް ކުރެއްވިއެވެ.

2004 ގައި ޔޫތު މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން  އިބްރާހީމް މަނިކު ވަނީ  32  އަހަރު މެދުކެނޑުމެއް ނެތި ބްރޯޑްކާސްޓިން ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: