ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމެއްގެ ދެމިއޮތުން ބިނާވަނީ އެގައުމެއްގެ އިގްތިސާދީ ހާލަތުގެ މައްޗަށް: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް "ގޯލްޑް 100 ގާލާ" ހަފްލާގައި ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއް ގައުމެއްގެ ގޮތުގައި ދެމި އޮންނާނީ އެގައުމެއްގެ އިގްތިސާދު ބިނާވެފައިވާ ގޮތުގެ މައްޗަށްކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި “ގޯލްޑް 100 ގާލާ” ޝަރަފްވެރިކޮއްދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކޯވިޑް-19ގެ ހާލަތުގައި ކުރިމަތިވި އިޤުތިޞާދީ ގެއްލުންތަކުން އަރައިގަނެވުނީ ސަރުކާރާއި އެކު ޕްރައިވެޓް ސެކްޓަރ އިންވެސް ކުރި މަސައްކަތުންކަމަށެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ، ކޯވިޑް-19ގެ ހާލަތުގައި ސަރުކާރުން އެޅުއްވި އިޤުތިޞާދީ ފިޔަވަޅުތަކަށް ޕްރައިވެޓް ސެކްޓަރއިން ވަނީ އެއްބާރުލުން ދީފައިކަމަށެވެ. އަދި ގައުމެއް ގައުމެއްގެ ގޮތުގައި ދެމި އޮންނާނީ އެގައުމެއްގެ އިގްތިސާދު ބިނާވެފައިވާ ގޮތުގެ މައްޗަށްކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާލުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ މުޅިން ޕްރައިވެޓް ސެކްޓަރގެ މައްޗަށް ބިނާވެފައިވާ ސިނާޢަތެއްކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވަނީ އެއް ސިނާއަތެއްގެ މައްޗަށްކަމަށް އިޝާރާތްކުރައްވާ ނައިބުރައީސް ވިދާޅުވީ އެއީ ބަދަލު ކުރަންޖެހޭ އުސޫލެއްކަމަށެވެ. އަދި އިގްތިސާދު ސިންދަޕާތު ކުރަންޖެހޭކަމަށާއި އެކަމަށް ގޮންޖެހުންތަކެއް ހުރިކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުންކަމަށެވެ. އެގޮތުން ކޯވިޑް-19ގެ ހާލަތުގައި ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށްދެއްވި މާލީ އެހީތަކުގެ މައްޗަށް އެމަނިކުފާނުވަނީ އަލިއަޅުއްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސް ފައިސަލްވަނީ މި ހަފްލާގައި ޙަޔާތީ އަރުތައިގެ އެވޯޑް ލިބިވަޑައިގެންނެވި ދަމާސް ކޮމްޕެނީގެ ޗެއާމަން މުޙައްމަދު ޞާލިޙަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

.”ގޯލްޑް 100″ އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. “ގޯލްޑް 100 ގާލާ” ހަފްލާގައި މިލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: