ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން މިނިވަންވުވުމުގެ އުފަލުގައި ދިން ކެއުމަކާއި ހަވާލުވިކަމަށް ބުނެ މަހާޒްގެ ސުލޫކީ މައްސަލައެއް ބަލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފި އެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތުކޮށް ކުރި ދައުވާ ދަށު ކޯޓުގައި ސާބިތުވުމުން އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ މަހާޒެވެ.

މަހާޒަށް ކުރަނީ އިސްތިއުނާފީ މައްސަލައެއްގައި އައި ހުކުމަކާއި ގުޅިގެން، ހަސްމަކާއި ގުޅުން ހުރި މީހަކު ދިން ހަދިޔާއަކާއި ހަވާލުވިކަމުގެ ތުހުމަތެވެ. ނަމަވެސް އޭގެ ތަފްސީލު ޖޭއެސްސީން ހިއްސާއެއް ނުކުރެ އެވެ.

ޖޭއެސްސީން މަހާޒުގެ މައްސަލައެއް ބަލަމުންދާކަން ހާމަކުރުމުގެ ކުރިން، ރޭގެ ވަގުތެއްގައި ”ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ“ ގެ ނަމުގައި އުފައްދާފައިވާ ފަނޑިޔާރުން ތިބޭ ވައިބާ ގްރޫޕަކަށް މެސެޖެއް ފޮނުއްވައި އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމިކަމުގެ ހަބަރު ލިބޭ ވިދާޅުވި އެވެ. މަހާޒްގެ މެސެޖުގައި ވިދާޅުވީ، ސުލޫކާއި ހިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށާއި ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމާއި ގުޅޭގޮތުން ފަނޑިޔާރު މަހާޒު ނެރުއްވި ރައުޔުގައި ދައުލަތުގެ ގިނަ ގޯސްތަކެއް ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުންފުނީގެ އޭރުގެ މެނޭޖިން ޑިރަކެޓަރ އަބްދުﷲ ޒިޔަތުގެ ރައީސް ޔާމީނާއި ދެކޮޅަށް ދިން ހެކި ބަހަށް ބުރަދަން ލިބޭވަރުގެ އިތުރު ހެކިތަކެއް ހުށަހަޅާފައި ނެތްކަން ފާހަގަކުރި އެވެ. ގއ. ވޮޑަމުލާގެ ފައިސާ ނުލިބިގެން ރައީސް ޔާމީން ގުޅުއްވިކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަން ސާބިތު ކުރެވޭ މިންވަރުގެ އެކަށީގެންވާ ހެއްކެއް ނެތްކަމަށް ވެސް ހުކުމުގައި ވެއެވެ. އަދި ރައުޔުގައި ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ލިބުނު ޗެކު ނަންބަރާއި ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރު ދިމާ ނުވާތީ، އެސްއޯއެފަށް ޖަމާވީ ވޮޑަމުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަން ފާހަގަވެފައި ނުވާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: