ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ތިބި ބައެއް މަޖިލިސް މެމްބަރުން، ރައްޔިތުންނެއް ބަލައެއް ނުގަންނާނެއް: ރައީސް ނަޝީދު

ރައީސް ނަޝީދު އާސްކް ސްޕީކާރ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެމްބަރުންނަކީ ރައްޔިތުން ބަލައިނުގަންނާނެ ބޭފުޅުންކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އާސްކް ސްޕީކާރ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެމަނިކުފާނާއި ދެކޮޅަށް ތިބި އެމްޑީޕީގެ މެމްބަރުން އެކި މަގާމުތަކަށް އިންތިހާބު ކުރެއްވުމަށް މަސައްކަތްކުރައްވާނެތޯ ސުވާލު ކުރުމުން، ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ކުރައްވާ މަސައްކަތަކީ ހާއްސަ ގޮތެއްގައި ސިޔާސީ މަސައްކަތެއްކަމަށެވެ. އަދި އެ މަސައްކަތްތަކަކި އިގްތިސާދާއި އިޖްތިމާއީ ހާލަތާއިވެސް ގުޅުންހުރި މަސައްކަތެއް ކަމަށް ދެކިލައްވާކަމަށްވެސް ރައިސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރައްވާ މަސައްކަތްތައް ބައެއް ފަހަރު ކާމިޔާބު ކުރައްވާކަމަށެވެ. އެހެން ނަމަވެސް ވަރަށް ގިނައިން ނާކާމިޔާބީ އާއިވެސް ކުރިމަތިލައްވާކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ބައެއް މެމްބަރުންގެ ހިޔާލުތައް ވަކި ހިސާބަކުން ބަދަލުވާތަންވެސް ފެނިގެންދާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބައެއް މެމްބަރުން ހިޔާލު ބަދަލުވުމުން އެމަނިކުފާނާއިމެދު ނަފްރަތުގެ ނަޒަރަކުން ދެކި ވާހަކަދައްކަވާކަމަށެވެ. އަދި އެކަމާއި ހިތާމަކުރާކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ދެކޮޅަށް މަސައްކަތް ކުރާ މެމްބަރުން ގޮވައިގެން ރައްޔިތުންގެ ގާތަށް ދާނެތޯ ސުވާލު ކުރާނަމަ، ވިދާޅުވާނީ، މިހާރު އެ ފުރުސަތު އޮތީ ގެއްލިފައިކަމަށެވެ. އަދި އެމަނިކުފާނަށް ރައްޔިތުންގެ ގާތައް ގެންދެވޭނީ ރައްޔިތުން ބަލައިގަންނަ ބޭފުޅުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކިލައްވާ ގޮތުގައި ބައެއް މަޖިލީސް މެމްބަރުންނަކީ، މިހާރު ރައްޔިތުން ބަލައިނުގަންނާނެ ބޭފުޅުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: