ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ވިދާޅުވީ ވެރިކަމުގެ ދުވަސްވަރު ޗާގޮސް ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިކަމަށް

ރައީސް ނަޝީދު އާސްކް ސްޕީކާރ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސް އަކީ ދިވެހިރާއްޖެއިން ބައެއް ކަމަށް ހެދުމަށް މަސައްކަތް ކުރެއްވިކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ އާސް ސްޕީކާރ ޕްރޮގްރާމްގައި، ޗާގޯސް އާއި މެދު ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން، ރައީސް ނަޝީދު ވިދާޅުވީ ޗާގޮސް މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމި ނިންމުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނުވަތަ ނަގާނެ ޒިންމާއެއް ނެތްކަމަށެވެ.

ނަޝީދު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ޗާގޮސްގެ މައްސަލައިގައި ގޮތެއް ނިންމެވީ އެއްވެސް އިތުރު ބަޔަކާއި މަޝްވަރާކޮށް ލަފާ ހޯދުމަކައި ނުލައި ކަމަށެވެ. އަދި ރައީސް ސޯލިހުގެ ނިންމެވުން ރަނގަޅު ނޫންކަމަށް ތަކުރާރު ކުރައްވާ ވިދާޅުވީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރެއް އޮތްކަމަށް ބަލައިގަންނަން ދިވެހިންނަށް ނުޖެހޭކަމަށެވެ.

ޗާގޮސް މައްސަލައިގައި ރައީސް ނަޝީދު ވާހަކަ ދައްކަވާތީ، ސަރުކާރުގެ މެމްބަރުން ވެސް އެމަނިކުފާނަށް އަމާޒު ކުރި ސުވާލަކީ ވެރިކަމުގައި ހުންނަވައިގެން އެ މަސައްކަތް ނުކުރި ސަބަބާއި މެދު އެވެ. އަދި ޕްރޮގްރާމުގައި އެ ސުވާލު ކުރުމުން، ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ ޗާގޮސް ރަށްތައް އަދިވެސް އޮތީ އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައިކަމަށެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރުގައި އިނގިރޭސިން އެ ސަރަހައްދުން ބައެއް އެމެރިިކާއަށް ދީފައިވާ މުއްދަތުވަނީ ހަމަވެފައިކަމަށް އިޝާރާތްކުރައްވާ ރައީސް ނަޝިދު ވިދާޅުވީ، ހަގީގަތުގައި ޗާގޮސްގެ ރަށްތަކުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރެއް އޮތްކަމަށް ބުނަންވީ ވަގުތަކީ އެ މުއްދަތު ހަމަވި އަހަރުކަމަށް ވިދާޅުވި އެވެ.

ޗާގޮސް އަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އޭރު ކުރެއްވެން އޮތް ކަމަކީ ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފުގެ ސަރަހައްދު އިތުރު ކުރުން ކަމަށެވެ. އަދި އެކަމަށް އެމަނިކުފާނު ވަކާލާތު ކުރެއްވިކަމަށާއި މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލައިގެ ނިންމުންވެސް ފެނިގެންދާނަކަމަށް ގަބޫލުކުރައްވާކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޗާގޮސް އައިލެންޑު ދިވެހިންގެ ތަނެއްގެ ގޮތުގައި ހެދުމަށް ޖެހޭނީ އިނގިރޭސި ސަރުކާރާއި މަޝްވަރާ ކުރަންކަމަށެވެ. އަދި އެކަން ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ވާނީ އަމިއްލަ ހައިސިއްޔަތުން ބަޔާނެއްވެސް ނެރުއްވާފައިކަމަށެވެ. އަދި ވިދާޅުވީ، އެ ބަޔާން ނެރުއްވުމުން އިނގިރޭސި ސަރުކާރުގެ ބައެއް ބޭފުޅުންވަނީ، ދިވެހިރާއްޖެއާއި ވާހަކަ ދައްކައިގެން ގޮތްތަކެއް ހޯދުމަށް ސަރުކާރަށް ބާރު އެޅިދާނެކަމަށް ވިދާޅުވެފައިކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނަކީ މިވަގުތު ސަރުކާރުގެ ބޭފުޅެއް ނޫންކަމުން އެކަން ކުރެއްވެން ނެތްކަމަށާއި، އެމަނިކުފާނަކީ ސަރުކާރުގެ އިސްވެރިއެއް ނަމަ ޗާގޮސް މައްސަލައިގައި ރާއްޖޭގެ ނަމުގައި ވަކާލާތު ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: