ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއޭއީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޝާހިދުގެ ތަހުނިޔާ

މިނިސްޓަރު ޝާހިދު އަދި ޔޫއޭއީގެ ފޮރިން މިނިސްޓަރު: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޔޫއޭއީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ފޮރިން މިނިސްޓަރު ޝައިހު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވަވައިފިއެވެ.

މިނިސްޓަރު ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާގޮތުން، ޔޫއޭއީގެ 51 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ މުނާސަބާގައި، އެ ގައުމުގެ ރައްޔިތުންނާއި ސަރުކާރަށް ތަހުނިޔާ އަދާ ކުރެއްވުމަކީ އެމަނިކުފާނަށް ލިބިގެންދިޔަ ޝަރަފެކެވެ. އަދި ރާއްޖެއާއި އެ ގައުމަކީ އިސްލާމްދީނުގެ އުސޫލުތަކާއި އަސާސްތައް މަތީ ގުޅިފައިވާ ދެގައުމުކަމަަށްވުމުން ދެ ގައުމުގެ ދެމެދު ގާތް ގުޅުމެއް ބަދަހި ކުރެވިފައިވާކަމަށްވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެ އަދި ޔޫއޭއީ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވެ ކުރިއަށް އޮތް އަހަރުތެރޭގައި ދެ ގައުމު ދެމެދު ކުރެވިގެންދާ ކަންކަންވެސް އިތުރުވެގެންދާނެކަން އެމަނިކުފާނަށް ޔަގީންކަމަށެވެ.

މި ފުރުސަތުގައި މިނިސްޓަރު ޝާހިދުވަނީ ޝައިހު ނަހްޔާން އަށް ދުޅަހެއް ސިއްހަތެއް ލެއްވުމަށް އެދިލައްވާކަމަށް ފާހގަގަކުރައްވާފައެވެ. އަދި އެ ގައުމަށްވެސް ކުރިއެރުންތަކެއް ލިބިގެންދާން އެދިލައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: