ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޔެއް މިއެއް ނުބަލައި ތަރައްގީ ގެނައުން، މިއީ ބަލައިގަނެވޭނެކަމެއް ނޫން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ސަރުކާރުގެ ކުދި ރަށެއް އަދި ބޮޑު ރަށެއް ނުބަލައި ތަރައްގީ ގަނައުމުގެ ސިޔާސަތަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވާހަކަދެއްކެވީ ގދ ތިނަދޫގައި ޔޫމެޓް ސުކޫބާގެ ފަރާތުން އެ ކުންފުނީގެ ކޯސްތަކުގެ ދަސަވެނިވީންނަށް ސެޓްފިކެޓް ހަވާލުކުރިމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަނގަޅަށް ކަންކަން ނުބަލައި ތަރައްގީ ގެނައުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. ތަރައްގީގެ މަޝްރޫއުތަކުގެ އަމާޒަކީ ކުދި ރަށެއް އަދިބޮޑު ރަށެއް ނުބަލައި  ނުވަތައެޔެެއް މިއެއް ނުބަލައިތަރައްގީ ގެނައުންކަމުގައި ވެގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ކުދި ރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްގީ ގެނައުމުގެ ސިޔާސަތަށް ބޮޑެތި ފާޑުކިޔުންތަކެއްއަމާޒުކުރައްވާފައެވެ. ވިދާޅުވީ ތިނަދޫ އާއި ހިތަދޫ ފަދަ ބޮޑެތި ރަށް ރަށަށް އިސްކަން ދޭން ޖެހޭނެކަމަށެވެ.

ތިނަދޫއަށް ކުރާ ހަރަދު ބޮޑުވާން ޖެހޭނެ، ގިނަވާނެ ޖެހޭނެ. އާބާދީވެސް ބޮޑު. މީހުން ގިނަ ތަންތަނަށް ބޮޑު އަހައްމިއްޔަތުކަން ކޮންމެހެން ދޭން ޖެހޭނެ.

ތިނަދޫ އޮތީ ވަރަށްވެސް އުޖާލާ ފައްތަރެއްގައިކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ތިނަދޫ އަކީ އެމްޑީޕީގެ ފަލްސަފާ އަދި އެމްޑީޕީގެ އަސާސްތައް އެންމެ ފުރިހަމައަށް ފެންނަ ރަށްކަމަށެވެ. ބޮޑެތި ރަށްރަށުގެ  އުފެއްދުންތެރިކަން ބަލަންޖެހޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ތިނަދޫގެ އިގްތިސާދީ ހާލަތު ރަނގަޅުކަމަށެވެ. ތިނަދޫއަށް ކަނޑައަޅާފައިވާ ބަޖެޓުގައިވާ ފައިސާ، ފުނިފުންޏަށް ޖަހާފައި ބެހެއްޓުމުގެ ބަދަލުގައި އެ ފައިސާތަށް ގޭގެއަށް ބަހައިލައިގެން މާ ރަނގަޅުނަތީޖާއެއް ނިކުންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ގައުމު ދަރަނިވީ ނަމަވެސް މިއީ ތިނަދޫގެ ހިއްސާ އޮތްކަމެއް ނޫންކަމަށްވެ އެމަނިކުފާނު ވިދާޅުވިއެވެ.

ޑިމޮކްރަސީ އަކީ ހަމައެކަނި ރީތި ނަމެއް ނޫންކަމުގައި ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިއީ ހާލަތު ރަނގަޅުކުރުމަށް އޮތް ވަސީލަތެއްކަމަށެވެ. އަދި މިކަމުގެ ނަތީޖާ ނެރުމަށް ލަސްވެއްޖެކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވީ އެންމެ އަވަހަކަށް ނަތީޖާ ނެރެންޖެހޭކަމަށެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: