ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޑީއެފް އިން ތޮއްޑޫ އާއި އުކުޅަހުގައި ޕެރޭޑް ބާއްވަނީ

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ނެށަނަލް ޑިފެންސް ފޯސްއިން ބޭއްވި ދުވުން - (ފޮޓޯ:އެމްއެންޑީއެފް)
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފް އިން އއ އުކުޅަހާއި އއ ތޮއްޑޫގައި ޕެރޭޑް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޑިސެމްބަރު 2 ވަނަ ދުވަހު އއ ތޮއްޑޫގައި ބާއްވާ ޕެރޭޑަކީ ތޮއްޑޫ ސްކޫލަށް 55 އަހަރު ފުރުމާއި ގުޅިގެން ތޮއްޑޫ ކައުންސިލްގެ އެދުމަށް ބާއްވާ ޕެރޭޑެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި އއ އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑަކީ އުކުޅަހު ކައުންސިލުން އެދިގެން ޑިސެމްބަރު 3 ވަނަ ދުވަހު ބާއްވާ ޕެރޭޑެއް ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އުކުޅަހާއި ތޮއްޑޫގައި ޕެރޭޑް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 4.30 ގައެވެ.

އުކުޅަހާއި ތޮއްޑޫގައި ބާއްވާ ޕެރޭޑްގައި ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ އާއި އެމްއެންޑީއެފްގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެން ޕެރޭޑް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފް އިން ބާއްވަމުންގެންދާ މިލިޓަރީ ޕެރޭޑަކީ ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ ޕެރޭޑެއް ކަމަށާއި ޕެރޭޑްގެ ހަރަކާތް ތަކަކީ ގިނަ ބަޔަކު ބަލަން ބޭނުންވާ ހަރަކާތްތަކެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: