ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ކޮރަޕްޓީ ރައީސް ސާލިހު: ގައްސާުން

ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ކޮރަޕްޓް ވެރިޔަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު މި ސަރުކާރުން ވެރިކަމަށް އައުމަށް ހެދި ދޮގު ވައުދުތައް ހާމަވެފައިވާ ކަމަށާއި އޭރު ވައްކަމާއި ދެކޮޅު ކަމަށް ބުނި ކަމަށެވެ. އެހެންނަމަވެސް މިއީ އެންމެ ކޮރަޕްޓް ސަރުކާރު ކަމަށް ގައްސާން ވަނީ ބުނެފައެވެ.

ގައްސާން އިތުރަށް ބުނެފައިވަނީ އިންސާފުގެ ދަތުރޭ ބުނެ ވެރިކަމަށް އައުމަށް ދެއްކި ވާހަކަ މިއަދު މިސަރުކާރުން ބަދަލުވެފައިވާ ކަމަށާއި އެގޮތުން މި ސަރުކާރުން އެކި މީހުންނަށް ކަން ކުރަނީ އެކި ގޮތަށް ކަމަށެވެ. އަދި ޖޭއެސްސީ ބޭނުންކޮށްގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އުޅުން މިއަދު އާއްމު ވެފައިވާއިރު ދަރަނި ނުނަގާނެ ކަމަށް ބުނި ނަމަވެސް ދަރަނި ނުނަގާތޯ ވިދާޅުވެ ގައްސާން ވަނީ މިސަރުކާރާ ސުވާލު ކުރައްވާފައެވެ.

ގައްސާންގެ ޓްވީޓްގައި ދަރަނި ނުނަގާނެ ކަމަށް ބުނެފައިވަނިކޮށް ދަރަނި ނެގިކަމަށް ފާހަގަކޮށްފައިވަނީ އިންޑިއާ ސަރުކާރުން ދާދި ފަހުން ރާއްޖެ އަށް ދިން ސަތޭކަ މިލިއަން ޑޮލަރުގެ ލޯނުގެ ވާހަކަ އެވެ. އިންޑިއާ ސަރުކާރުން ދިން އެ ލޯނާއި ބެހޭ އިތުރު ތަފްސީލު ދިނުމަށް މި ސަރުކާރުން ދެކޮޅު ހަދާފައިވާއިރު އިންޑިއާ އިން ބުނެފައިވަނީ އެ ލޯނަކީ ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިން އެހީތެރިކަމެއް ކަމަށެވެ. އަދި އެ ލޯން ދީފައިވަނީ ވަކި ކަމަކަށް ޝަރުތުކޮށްގެން ނޫން ކަމަށް ވެސް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިއާ އިން ދިން ލޯނާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެލޯނަކީ ރާއްޖޭގެ މާލީ ރިޒާވް ހުސްވަމުންދާ މިދަނޑިވަޅަށް ވަގުތީ ހައްލެއް ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވެ ރިޒާވް ހުސްވެދާނެ ކަމުގެ ވާހަކައަކީ މިފަހަކަށް އައިސް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ދައްކަވާ ވާހަކައެކެވެ. އެ ވާހަކަތަކުގެ ރައްދުގައި ސަރުކާރަށް ތާއީދު ކުރާ ބޭފުޅުން ބުނެފައިވަނީ އެއީ ސިޔާސީ ގޮތުން ދައްކާ ވާހަކައެއް ކަމަށާއި ގައުމު ބަނގުރޫޓް ވެގެން ނުދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: