ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްބަސްވުމާއި ރައީސް ސާލިހު ހިލާފުވީކަމަށް ނަޝީދު ވިދާޅުވަނީ ބަރަލަމާނީ ނިޒާމަށް ވޯޓަށް ނާހާތީ!

ގދ ތިނަދޫގައި ބެއްވި ޖަގަހަ ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ. ފޮޓޯ /ގާފު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ނަގަން ޖެހޭ ފެންނަ ނުފެންނަ ވޯޓު ނުނަގާ އޮތުމަކީ އުކުޅަހުގައިވީ އެއްބަސްވުމާއި ރައިސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހިލާފުވުންކަމަށް ވެރިކަން ކުރާ މައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމަށް އއ އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި އެއްބަސްވުމެއްވެފައިވާކަމަށާއި، އެ އެއްބަސްވުމާއި ރައީސް ސާލިހު ހިލާފްވެވަޑައިގެންފައިވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ އެއީ ކޮންކަމެއްގެ މައްޗަށް ވެފައިވާ އެއްބަސްވުމެއްތޯ “ސަންގުން” ރައީސް ނަޝީދާއި ސުވާލުކުރިއެވެ. އަދި އެ އެއްބަސްވުމާއި ރައީސް ސާލިހު ހިލާފުވެވަޑައިގެންފައިވާކަމަށް އެމަނިކުފާނު ވިދާޅުވަނީ ކީއްވެގެންތޯވެސް ސަންގުން ސުވާލުކުރިއެވެ.

ގދ ތިނަދޫގައި ބެއްވި ޖަގަހަ ޖަލްސާ ނިންމަވާލެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިވަގުތު އެއާއި ބެހޭ ތަފްސީލު ނެތްކަމަށެވެ. އެއަށްފަހު އިޝާރާތްކުރެއްވީ 2018 ވަނަ އަހަރު އެމްޑީޕީއިން ބޭއްވި ޕްރައިމަރީއަށް އެމްޑީޕީއިން ނެރުން މެނިފެސްޓޯއަށެވެ.

“އަޅުގަނޑު އަތުގައި މިހާރަކު ނެތް، އެހެން ނަމަވެސް އެމްޑީޕީގެ މެނިފެސްޓޯ އޮންނާނެ ނޫކުލައިގަ އޮތް 2018 ވަނަ އަހަރުގެ ޕްރައިމަރީއަށް އަޅުގަނޑުމެން ނެރުނު މެނިފެސްޓޯ”

އެ މެނިފެސްޓޯގައި ހިމެނޭ އިންސާފު ގާއިމްކުރުމުގެ ބައިގައި ކަން ކުރައްވީ ގޮތްތަކެއްވާނެކަމަށާއި، އަދި އޭގެތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްފައިވާނެ އެއްކަމަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ވާހަކަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ދެކޭ ގޮތުގައި އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރެއިން ނުކުރެވި އޮތްކަމަކީ އެއީކަމަށް ވިދާޅުވިއެވެ. އަދި ވީ ވއުދާއި އެއްގޮތަށް ބަރުލަމާނީ ނިޒާމުގެ ވޯޓަށް ނާހާ އިތުރު ވާހަކަ ދެއްކުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ވޯޓަށް ނާހައިފިނަމަ ޕޮލިޓިކަލް ލެޖިޓިމިސްޓިކް މައްސަލަތަކެއް ނިކުންނާނެކަމަށެވެ. އަދި މިފަދަ މައްސަލައެއް ދަރަނީގެ ތެރޭގައި އޮތް ހާލަތެއްގައި ރައީސުލްޖުމްހުރިއްޔާގެ ލެޖިޓިމެސީ ގެއްލިއްޖެނަމަ އެއީވެސް އިންތިހާބީ މައްސަލައެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ވެރިކަމާއި ގުޅިގެން ގައުމުގައި ދިމާވެފައިވާ ހުރިހާ މައްސަލަތަކެއްގެވެސް ހައްލަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމެވެ. އަދި ރިޔާސީ ނިޒާމަކީ ސިޔާސީ ޕާޓީ ހިންގާ ނިޒާމެއްނޫންކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ.

ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމަށް އއ އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސް ރައީސް ނަޝީދާއި، އެމަނިކުފާނާއި އަރިސް މެންބަރުން ސިފަކުރައްވަނީ ބަޣާވާތެއްގެ ގޮތުގައެވެ. އަދި މި ކޮންގްރެސްއިން ރައީސް ސާލިހަށް ލިބިވަޑައިގެންނެވި ރިޔާސީ ޓިކެޓަކީވެސް ބަޣާވާތަކުން ހޯއްދެވި އެއްޗެއް ކަމަށް ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ. އޭރު ރައީސް ނަޝީދަށް ޕްރައިމަރީގައި ވާދަކޮށް، ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނުނިކުމެވުނީ އެމަނިކުފާނު ހުކުމެއްގައި ހުންނެވީތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: