ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރިޒަން އޮފިސަރ ޓްރޭނީގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން އޮފިސަރ ޓްރޭނީގެ ވަޒީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕްރިޒަން އޮފިސަރ ޓްރޭނީންނަށް ހޮވޭ ފަރާތްތައް ބޭސިކް ޓްރޭނިންގ ކޯސް ކާމިޔާބުކަމާއެކު ފުރިހަމަ ކުރާ ޓްރޭނީން ޕްރިޒަން އޮފިސަރުންގެ ގޮތުގައި ވަޒީފާގެ މައިދާނަށް ނުކުންނާނެއެވެ.

ގެޒެޓްގައި ޝާއިޢު ކޮށްފައިވާ ޢިއުލާނުގައި އެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބާގައިވާ ހުންނަންވާ ޝަރުޠު ތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން “ސީ” ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ދިވެހި އަދި އިސްލާމް އިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން ހިމެނެއެވެ.

އަދި މި ސަރވިސްގެ ހުރިހާ ވަޒިފާތަކަށް ކުރިމަތިލާ ފަރާތްތައް އެއްވެސް އިރެއްގައި މަސްތުވާތަކެތި ބޭނުން ކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.  މި މަގާމަށ ހަމަޖެހިފައިވާ އެލަވަންސްތަކަކީ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ފުރިހަމަ ކުރުމަށްފަހު ހަމަޖައްސައިދެވޭނެ އެލަވަންސްތަކެކެވެ.

މި މަގާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 08 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހަޅުއްވާށެވެ. އެޕްލިކޭޝަން އީމެއިލް މެދުވެރިކޮށް employment@corrections.gov.mv އާއި humanresource.mcs@gmail.com ފޮނުވޭނެ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: