ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރާ ހެޔޮކަމުގެ ފައިދާ ނުފެންނަނީ އިހުލާސްތެރިކަން ނެތީމައެވެ.

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެންމެ ރަނގަޅު ކަމަކަށް ކުރި އެއް ކަމަކީ ޓީޗަރުންގެ މުސާރަ ބޮޑުކުރުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެވާހަކަ ސަރުކާރުން ދައްކަނީ ފަހުރުވެރިކަމާއެކުގައެވެ. ޓީޗަރުންގެ ތެރެއިން ގިނަ ބަޔަކު އެކަން ކޮށްދިނީތީ އެކަމުގެ ޝުކުރު ސަރުކާރަށް އަދާ ކޮށް ސަނާކިޔެވެ. ނަމަވެސް ބޮޑުކުރި މުސާރަ އާއިއެކު ޓީޗަރުންނަށް ވަނީ އެތަކެއް ދަތިތަކެއް ތަހައްމަލު ކުރަންޖެހިފައެވެ.

ސަރުކާރުން މުސާރަ ބޮޑުކުރީ ސަރުކާރަށް ފައިދާވެ ޓީޗަރުންނަށް ގެއްލުންވާފަދަ ގޮތަކަށް ކަމަށް ބައެއް އާއްމު ފަރާތްތަކުން ބުނެއެވެ. ސަބަބަކީ ޓާމް ޗުއްޓީ ނުވަތަ ސެމިސްޓަރ ބްރޭކްގައި ޓީޗަރުންގެ އެޓެންޑެންސް އެލަވަންސް ކަނޑާލުމެވެ. ޓީޗަރުންގެ އެޓެންޑެންސް އެލަވަންސް ޓާމް ބްރޭކްގައި ސްކޫލަށް ހާޒިރު ނުވާ ކަމަށް ބުނެ ކަނޑާލުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސަބަބަކީ ސެމިސްޓަރ ބްރޭކް އަކީ ޓީޗަރުން ބޭނުންވެގެން ނަގާ އެއްޗެއް ނޫނެވެ. ސެމިސްޓާ ބްރޭކަކީ ސަރުކާރުން ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިން އެ ޓާމެއްގެ ކިޔެވުން ނިމުމާއެކު ދަރިވަރުންނަށް ދޭ ޗުއްޓީއެވެ. އެ ޗުއްޓީގައި ޓީޗަރުންވެސް ޝާމިލްވާތީ ޓީޗަރުންނަށް ވެސް ޗުއްޓީ ލިބިގެން ދަނީއެވެ. އެއްވެސް ހާލަތެއްގައި ޓީޗަރުން އަމިއްލަ އަށް ސެމިސްޓަރ ބްރޭކަށް އެދެނީކީ ނޫން ކަމަށް ޓީޗަރުންގެ ގޮތުގައި ކުރިން މަސައްކަތް ކުރި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސަލާމް ބުނާ ކޮންމެ ފަހަރަކު ވެސް އެޓެންޑެންސް އެލަވަންސް އިން ކަނޑާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ސަލާމް ބުނުމުން އެޓެންޑެންސް އެލަވަންސް އިން ކެނޑުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް ސަރުކާރުން ބަންދު ކުރާ ދުވަސް ތަކަކަށް ސަރުކާރުގެ ވުޒާރާއެއް ނުވަތަ ސަރުކާރުން ހިންގާ ތަނަކަށް ނުދާތީ ކަމަށް ބުނެ އެލަވަންސް ކެނޑުމަކީ ހައިރާން ވާފަދަ ކަމެކެވެ. މިއީ އަރަތެއް ފަދަ ކަމެއް ކަމަށްް އާއްމު ފަރާތްތަކުން ވަނީ ބުނެފައެވެ.

ބައެއް މީހުން ބުނާ ގޮތުގައި ޓީޗަރުން މުސާރަ ބޮޑުކުރިއަސް އުފަލެއް ނެތެވެ. ސަބަބަކީ ބޮޑުކުރި މުސާރައިން ޓެކްސް ދައްކަންޖެހޭތީއެވެ. އަންނަ އަހަރުގެ ޖަނަވަރީގައި ޓެކްސްތައް ބޮޑުވާއިރު އާއްމުންނަށް އެކަމުގެ ދެރަ އާއި ތަކުލީފް އުފުލަން ޖެހޭނެ ކަމީ ޝައްކެއް އުފެދޭ ކަމެއް ނޫން ކަމަށް އާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މުހިއްމު ކަމަކު ނުވަތަ ހުމެއް އައިސްގެން ނުވަތަ ބަލިވެގެން އުޅޭ އޮފީހަކަށް ސަލާމް ބުނުމަށްފަހު އެނބުރި ވަޒީފާއަށް ނިކުތުން މަލާމާތުގެ ބަސްތައް އަމާޒުވަނީ އެންމެ ހީނުކުރާ މީހުންގެ ފަރާތުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެފަދަ ކަންތައްތަކުގެ ސަބަބުން ތަނުގައި ދުވަސްވީ އެތަކެއް މީހުން ތަން ދޫކޮށްދާ ފަހަރުވެސް އަންނަނީ މަދެއް ކޮށެއް ނޫން ކަމަށް އާއްމު ފަރާތްތަކުން ވަނީ ބުނެފައެވެ. ބައެއް މީހުންގެ ނަޒަރުގައި ބައްޔަކީ އަމިއްލަ އަށް ވާއެއްޗެކެވެ. އަނެއްބައި މީހުންގެ ނަޒަރުގައި ބަލިވަނީ ފަރުވާ ކުޑަވާތީ އެވެ. ނަމަވެސް އެފަދައިން ވިސްނާ މީހަކު ބަލިވެއްޖެ ނަމަ ބަލިން ރަނގަޅުވެ އޮފީހަށް ނިކުމެ އެމީހަކު ބަލިވެގެން އެޅި ވޭނުގެ ވާހަކަ ރަހްމަތްތެރިން ކައިރީގައި ދައްކާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ގިނަފަހަރު ހަގީގަތް ހާމަކުރުމަށް ޖެހިލުންވަނީ ހަގީގަތަށް ކަމެއް އޮންނަ ގޮތް ހާމަކުރުމަށް ފަހު ދެން ކުރިމަތިލާންޖެހޭ ދުއްތުރާއެވެ. ވަޒީފާ އަކަށް ކުރިމަތިލި ނަމަވެސް އިތުރު ހަރަކާތެއްގައި ބައިވެރިވި ނަމަވެސް ހަފްލާ އެއްގައި ނަމަވެސް ތަފާތު ކުރުންތައް އިންތިހާ އަށް ގެންގުޅުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ސަރުކާރުގެ އޮފީސް ތަކާއި މުއައްސަސާތަކުގައި ވެސް ތަފާތުކުރުންތައް ގެންގުޅޭ ވާހަކަ އަޑުއިވެއެވެ. މިންތީގެ ހަމަހަމަކަން ގާއިމްކުރަންޖެހެނީ އެވާހަކަ އެންމެ ގަދައަށް ދައްކާ މުވައްސަސާ ތަކުގެ ތެރެއިންނެވެ. ބުލީ ކުރުމާއި ތަފާތު ކުރުންތަކުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކި ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނާންނަނީ އެދެވޭ ފިޔަވަޅު އެކަމުގައި ނޭޅޭތީއެވެ.

ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ބަލައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިފިނަމަ  ދިމާވާ މައްސަލަތައް ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އޭގެ ބަދަލުގައި ވާހަކަ ދެއްކި މީހެއް ހޯދައި އެމީހަކަށް އިންޒާރު ދިނުމުން އިންޒާރު ދިން މީހާ އެކަމުގެ ބިރާއި ހިތްދަތިކަން ތަހައްމަލް ކުރަންޖެހިދެއެވެ.

އިހްތިރާމަކީ ކޮށްގެން ލިބޭ އެއްޗެއް ކަމަށް ފޮތްތަކުގައި ލިޔެފައިވެއެވެ. ނަމަވެސް އިހްތިރާމް ކުރަން ދަންނަނީ މަދު ބައެކެވެ. އިހްތިރާމް ކުރުމުގެ ބަދަލުގައި ހަޅޭއްލަވާ އުސޫލުން ކަންކަން ކުރަން ބުނާ މީހަކީ ކިތަންމެ މަތީ މަގާމެއްގައި ހުރި މީހެއް ނަމަވެސް އެމީހަކު ދެކެ މީހުން ފޫހިވަނެއެވެ. އެމީހަކީ ނުފޫޒު ގަދަ މީހެއްކަން ދެއްކުމަށް ކޮންމެ މީހަކާ ކަމެއް ހަވާލު ކުރުމުން އަދި އެކަމެއް ނުވުނުން އަޑެގެ ނެތް ކޮޅަށް ހަޅޭއްލަވައިގަންނަނީ އަނެކާގެ ވެސް ނަފްސާއި އަބުރާއި އިއްޒަތަށް ބެލުމެއް ނެތިއެވެ.

ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް ހަދާފައި ހުރެއެވެ. އޮފީސް ތަކުގައި ހިއުމަން ރިސޯސް ޑިޕާޓްމެންޓް ތައް ހުރެއެވެ. އަދި ބޮޑެތި ވުޒާރާތަކުގައި އެކި ނަންނަން ކިޔާފައި މައްސަލަ ބަލާ ކޮމިޓީތައް ހެދިފައި ހުރެއެވެ. ނަމަވެސް އެއިން އެއްވެސް ތަނަކީ އެންމެ ފުރިހަމަ އަށް މަސައްކަތް ކުރާ ތަންތަން ކަމުގައި ބުނެވޭކަށް ނެތެވެ. އެއިން ތަނަކުން ހައްލުވި މައްސަލައެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ހިއުމަން ރިސޯސްގެ ދާއިރާ އިން އެވޯޑްތައް ހާސިލްކުރާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަކީ އިންސާނީ ވަސީލަތުގެ އިލްމު އެންމެ ރަނގަލަށް އެނގިފައިނެތް ފަރާތްތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އެފަދަ ފަރާތްތަކަށް މައްސަލަ ހައްލުކުރާނެ ގޮތެއް ނޭނގުމެވެ.

މުސާރަ ބޮޑުކުރީ ވެސް ބަޔަކަށް ކަމެއް ދެއްކުމުގެ ގޮތުން ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ކުރު ގޮތަކަށް ބުނާނަމަ ކުރާ ހެޔޮ ކަމެއްގެ ފައިދާ ނުފެންނަނީ އިހްލާސްތެރިކަމެއް ނެތީމައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: