ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ޖަލްސާއަށް ސަރުކާރުން ހުރަސްއަޅާފައެއް ނުވާނެ: މިއުވާން

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް  ރައީސް މުހައްމަދު ނަޝީދު ގދ ތިނަދޫގައި ބޭއްވި ޖަލްސާއަށް ސަރުކާރުން އެއްވެސް ހުރަހެއް އަޅާފައިނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ތިނަދޫ ދަތުރު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން “ސަންގު” އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް މައުލޫމާތު ލިބުނުގޮތުގައި ސަރުކާރުން ބުނެގެން ސަރުކާރުގެ ވަޒީފާތަކުގައި ތިބި ބައެއް ބޭފުޅުންނަށް މާލެ އަންނަން އެންގެވި ކަމަށެވެ. ނަމަވެސް ތިނަދޫ އަކީ 12 ހާހެއްހާ މީހުން އުޅޭ ރަށެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ބައެއް ބޭފުޅުން ރަށުން ބޭރަށް ވަޑައިގެންނެވި ނަމަވެސް ރައީސް ނަޝީދަށް އެނގުން ވާނެ ގޮތެއް އެމަނިކުފާނަށް ފާހަގަ ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ދަތުރުތަކާއި ޕްރައިމަރީ އާއި ގުޅުން ހުންނާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ މަސައްކަތް ކުރާ މީހެއް ކަމަށާއި ވުމާއެކު ކުރިއަށް ހުރި އިންތިހާބުތަކާމެދު ވިސްނާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޕްރައިމަރީ އަކަށް ދިއުމުގެ ކުރިން އެމްޑީޕީ އިން ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންނަށް ވައުދު ވެފައިވާ ކަމަށެވެ. ނަމަވެސް އެމަސައްކަތް ނުކުރެވި އަލުން އަނބުރާ ރައްޔިތުން ކައިރިއަށް ދިއުމަކީ ރަނގަޅު ގޮތެއް ނުން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިވަގުތު ކުރަންވީ ކަމަކީ ފެންނަ ނުފެންނަ ވޯޓް ނެގުން ކަމަށެވެ. ސަބަބަކީ ފެންނަ ނުފެންނަ ވޯޓެއް ނަގައިފިނަމަ ނިޒާމް ބަދަލު ކުރުމަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮންނާނެތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ނިޒާމް ބަދަލުވެއްޖެ ނަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ނުޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވައި އެ ނިޒާމު ރާއްޖެ ގެނައުމަށް ރައީސް ނަޝީދު ދަނީ ވަކާލާތުކުރައްވަމުންނެވެ. އެގޮތުން ދާދި ފަހުން ގދ ތިނަދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ އެމްޑީޕީ އިން ގެންނަން ބޭނުންވާ ނިޒާމް ކަމަށެވެ. އަދި ނިޒާމީ ވޯޓަކީ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއް ކަމަށެވެ.

ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމުގައި މީގެ ކުރިން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ސާލިހުގެ އަރިސް މެމްބަރުންނާއި ކެބިނެޓް ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުންވެސް ވަނީ ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމެއް ކަމަށާއި އެނިޒާމަކީ ދިވެހިންނަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމް ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: