ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލުތަފާތުވުމަކީ މައްސަލައެއް ނޫން، ވަކި ބަޔަކަށް ގޮސް ހުސްވާކަށް ނުޖެހޭ: ފާރިސް

މޯލްޑިވްސް ރީފޯމް މޫވްމަންޓުގެ ރައީސް ފާރިސް މައުމޫން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯލިޝަނެއްގެ ތެރޭގައި އޮތުމުގެ މާނައަކީ އެބައެއްގެ ވިސްނުމަށް އެއްކޮށް ގޮސް ހުސްވުމެއް ނޫންކަމަށާއި، ހިޔާލެއް ތަފާތުވުމަކީ މައްސަލައެއް ނޫންކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓު (އެމްއާރުއެމް) ގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

އެމްއާރުއެމްގެ ލީޑާޝިޕުގައި މިވަގުތު ތިއްބެވި ބޭފުޅުންނަކީ 2018 ގެ އިންތިހާބާއި ކުރިމަތިލީއިރު އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތުތައް ތިބި އެއް މޫވްމަންޓުކަމާއި ނަމަވެސް މިވީ ހަތަރު އަހަރުގެ ތެރޭގައި ޕާޓީގެ އެއްވެސް ހަރަކާތެއް ނެތި އޮތުމަށް ފަހު އަނެއްކާވެސް ނިކުތުމާއި ގުޅޭގޮތުން “ސަންގު” އިން ސުވާލު ކުރުމުން ފާރިސް ވިދާޅުވީ އޭރު އިންތިހާބުގެ ތެރޭގައި ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރުމަށް ފަހު ކޮންމެވެސް ވަރަކަށް މަޑުޖެހުނު ދުވަސްތަކެއް ގޮސްފި ކަމަށެވެ. ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮވެ، ސަރުކާރުގެ ސިޔާސަތުތަކާއި ތަންފީޒު ކުރާ ކަންކަމާއި ގުޅޭގޮތުން މަޝްވަރައާއި ހިޔާލު އަރުވާކަން ފާހަގަކޮށް ފާރިސް ވިދާޅުވީ މީގެ ތެރެއިން ގިނަ މަސައްކަތްތަކަކީ އެއީ އެންމެނަށް ފެންނާނެހެން ކުރަންޖެހޭ މަސައްކަތްތަކެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

ދެވަނަ ސަބަބެއްގެ ގޮތުގައި ފާރިސް ވިދާޅުވީ، އަބަދުވެސް މަސައްކަތް ކުރަމުން މި ދަނީ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދައި އެ މީހުން އެދޭ ގޮތް ބެލުމަށް ކަމަށެވެ. ހިދުމަތްތައް ދިނުމުގައި އާއި، މަޝްވަރާއެއްގެ ތެރޭގައި ނުވަތަ ހިންގުމުގައި ރަނގަޅު އުސޫލުތަކެއް ބޭނުންވާކަން ފާހަގަކޮށް ފާރިސް ވިދާޅުވީ ދެ ފުށް ފެންނަ ގޮތަކަށް ގޮތެއް ކަނޑައެޅުމުގެ ފުރުސަތު ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުން ބަލައިގަންނަ ބަޔަކަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މިފަހުން އައިސް ސަރުކާރުގެ ބައެއް ނިންމުންތަކާއި ގުޅޭގޮތުން، ހިޔާލުތަފާތު ބަޔާންތައް ނެރެފައިވާތީ ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން އެމްއާރުއެމް ހިތްހަމަޖެހޭތޯ ސުވާލު ކުރުމުން ފާރިސް ވިދާޅުވީ ސިޔާސީ އެހެން ވިސްނުމެއްގެ ހިޔާލުތައް ލިބުމަކީ އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި ހާއްސަކޮށް ކަންކަމުގައި އަންނާނީ ހިޔާލު އެއްގޮތްވާ ފަހަރުތަކާއި ހިޔާލު އެއްގޮތް ނޫން ފަހަރުތަކެއްކަމަށް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އެކަހަލަ ވިސްނުމެއް އައުމާއި އެކު ކޯލިޝަނުން ވަކިވުމާއި ޕާޓީ އެތެރެއިން ފިޔަވަޅުތައް އަޅައި ހަލަބޮލި ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ކޯލިޝަނަކީ ފުރާ ފުރިހަމަ ވިސްނުން ތިބޭ ބައެއްގެ އެއްޗަކަށްވާއިރު އެކުގައި އުޅޭނަމަ ގޮސް އެބަޔަކަށް ގޮސް ހުވާކަށް ނުޖެހޭކަމަށް ފާރިސް ވިދާޅުވި އެވެ.

އެގޮތަށް ތާއީދުކޮށް، ތާއިދު ކުރަންވެއްޖެ ނަމަ ގޮސް ތިބޭނީ އެއް ޕާޓީއެއްގައިކަމަށް ފާރިސް ވިދާޅުވި އެވެ. ފާރިސް ވިދާޅުވީ އެމްއާރުއެމަކީ ވަކި ސިޔާސަތުތަކެއް ހުރި، ރައްޔިތުންނާއި ގުޅުން ހުރި މަސައްކަތްތަކެއް ކުރަން ބޭނުންވާ ޕާޓީއެއްކަން ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވާ މަޝްވަރާތައް ހުށަހަޅާކަމަށާއި، އަދި އެކަން ބަލައިގަންނަ ފަހަރާއި ބަލައިނުގަންނަ ފަހަރުތައް އަންނާނެކަމަށް ފާރިސް ވިދާޅުވި އެވެ. ޕާޓީގެ ސްލުޓުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރަނީ ވައުދުތައް ފުއްދައި ތަންފީޒު ކުރުމަށް ނަމަވެސް މުޅި ޕާޓީގެ ލީޑާޝިޕަށް ބަލާއިރު އެ މީހުންގެ އެހެން ހިޔާލެއް އޮވެދާނެކަމަށާއި އެއީ މައްސަލައެއް ނޫންކަމަށް ފާރިސް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: