ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާއިމީ ފަނޑިޔާރަކު ނެތްކަމަށް ބުނެ ދޫކޮށްލި މުޖާހިދު އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް

ގދ. ހޯނޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދުގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައި ކޯޓުން ހުކުމް ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ގދ. ހޯނޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހު ހައްޔަރުކޮށްފައިވާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ މާޗްގައި ނިންމާފައި ވަނިކޮށް ނޮވެމްބަރު މަހުގެ ތެރޭގައި އޭނާ ދޫކޮށްލީ ވެސް އެ ކޯޓުންނެވެ. އެގޮތަށް ކޯޓުން ނިންމީ މައްސަލަ ބަލަމުން ދިޔަ ސެކްޝަނުގެ ދާއިމީ ފަނޑިޔާރަކު ނެތުމާއި އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތުގެ އަޑުއެހުންތައް ކުރިޔަށް ނުދާކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެހެންވެ ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ވަނީ ދަށު ކޯޓު ސެކްޝަނުގެ ދާއިމީ ފަނޑިޔާރަކު ނެތުމާއި އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތް ކުރިޔަށް ދިއުން އެއީ ކުށުގެ ތުހުމަތުވާ މީހާ ނުވަތަ ދައުވާ އުފުލާފައިވާ މީހާ ބަންދުން ދޫކޮށްލަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނޫން ކަމަށެވެ. އެގޮތުން މައްސަލައިގައި ދާއިމީ ފަނޑިޔާރެއް ނެތިއްޖެ ހާލަތެއްގައި ގާނޫނުގައި އަމަލު ކުރުމަށް އޮންނަ ގޮތް ފާހަގަކޮށް ހުކުމުގައި ބުނެފައި ވަނީ ދެން މައްސަލަ ކުރިޔަށް ގެންދަން ޖެހޭނީ އެހެން ފަނޑިޔާރަކާއި ހަވާލުކޮށްގެން ކަމަށެވެ. އެހެންވެ ހުކުމުގައި ވަނީ ދަށު ކޯޓުން މުޖާހިދު ދޫކޮށްލުމަށް ނެރުނު އަމުރު ބާތިލުކޮށް އޭނާ ބަންދު ކުރުމަށް ކޯޓުން އޭގެ ކުރިން ނެރުނު އަމުރު އަލުން އިޔާދަކޮށް އެ ތަންފީޒު ކުރުމަށެވެ.

މުޖާހިދާއި އިތުރު ބަޔަކު ބައިވެރިވެގެން ފުޅާ ދައިރާގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ރާއްޖެއަށް އެތަކެތި އެތެރެކުރާކަމުގެ ތުހުމަތު ކުރެވި ހައްޔަރު ކުރީ ކާރެއްގައި އެހެން ތަނަކަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައިގެ ތަހުގީގު ތެރެއިންނެވެ. އަދި އެ މީހުން ދިރިއުޅޭ ގެއާއި ކުއްޔަށް ނަގާފައިވާ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކަތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތު ވެސް ކުރި އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހައްޔަރު ކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑެއްކަމަށް ބުނާ އަރުޝަދު ވެސް ހިމެނެ އެވެ.

މަސްތުވާތަކެތި އަތުލައިގަންނަމުން ދާ މިންވަރު އިތުރުވެފައި ވަނިކޮށް، ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ޓެކްސީއެއް ހުއްޓުވައި ބަލައި ފާސް ކުރިއިރު އޭގައި މަސްތުވާތަކެތި ބަންދުކޮށްފައި ހުރި 28 ޕެކެޓު ފެނިފައި ވެއެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރިއިރު އެއީ އެއީ ގދ. ހޯނޑެއްދޫ، އިރުމަތީގެ އަހުމަދު ސުނައިނު އާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރެވެ.

ފުލުހުން ބުނީ ޓެކްސީއިން ފެނުނު މަސްތުވާތަކެތި މާލެ ގެނެސްފައި ވަނީ، ”ބަންގާ“ ނަމަކަށް ކިޔާއި ލޯންޗެއްގައި ކަމަށެވެ. އަދި އެތަކެތި ލޯންޗަށް އެރުވުމުގައި ހަރަކާތްތެރިވެފައި ވަނީ ގދ. ހޯނޑެއްދޫ، ދޯދި، މުހައްމަދު އަކްރަމް އަބްދުލް ހަންނާނާއި މުޖާހިދު ކަމަށެވެ. މަސްތުވާތަކެތި ގެނައުމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދިނީ އަރުޝަދުކަމަށް ފުލުހުން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: