ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ސުވާލުތަކަށް ޖަވާބު ނުދީ ފިލާ ސަރުކާރެއް: ޝިޔާމް

ރައީސް ސާލިހު، ޑިފެންސް މިނިސްޓަރު މާރިޔާ، ފޮރިން މިނިސްޓަރު ޝާހިދު، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ނަންގަމުންދާ ލޯނުތަކާއި ގުޅޭ މައުލޫމާތުތައް ސާފުކޮއްދެއްވަން ޖެހޭކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް ފާޑުކިއުން އަމާޒުކޮށް މިހާރުގެ ސަރުކާރުން އިދިކޮޅުގައި އެންމެ ގިނައިން ދައްކަމުން ދިޔައީ ލޯނުތައް ނެގުން ހުއްޓާލަން ޖެހޭކަމުގެ ވާހަކަތައް ކަމަށެވެ. ވެރިކަމަށް ހަތަރު އަހަރު ފުރި ދައުރު ނިމެން ކައިރިވި އިރު ވެސް ފެންނަނީ ސްޓިކާ ޖަހައި ސަރުކާރު ހިންގަން އުޅޭތަންކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެނާ ވިދާޅުވީ، މި ސަރުކާރުން ލޯނުތައް ނަގައިގެން ކުރަމުންދާ މަސައްކަތްތަކަކީ ސަރުކާރުގެ މުވައްޒިފުންނަށް މުސާރަ ދިނުމާއި ކަރަންޓު ބިލު ދެއްކުން ފަދަ މަސައްކަތްތައް ކަމަށެވެ. އެހެން ނަމަވެސް ނަގަމުންދާ ލޯނުތައް އަނބުރާ ދެއްކޭނެ މަގެއް ރައީސް ސާލިހަށް ފެނިވަޑައިނުގަންނަވާކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ނަގަމުންދާ ލޯނުތައް އަނބުރާ ދެއްކުމަށް ކުރައްވާނެ ކަމެއްވެސް ރައީސް ސާލިހަށް ނުވިސްނޭ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ލޯނުތައް ނަގާފައިވާއިރު، ހުރިހާ ލޯނެއްވެސް ނެގީ އިންޑިއާއިން އެކަނިކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

އެހެން އެއްވެސް ގައުމަކުން ރައީސް ސާލިހުގެ ސަރުކާރަށް ލޯނެއް ދިނުމަށް ބޭނުން ނުވާކަމަށް ތުހުމަތުކޮށް ޝިޔާމް ވިދާޅުވީ، އެގޮތަށް ދިމާވާ ސަބަބަކީ ރައީސް ސާލިހުގެ ސަރުކާރުން ލޯނު ނަގައިގެން ކުރަމުންދާ ކަންކަމުގެ ސަބަބުން ލޯނުތައް އަނބުރާ ދެއްކޭނެ ކަމާއިމެދު ސުވާލު އުފެދިފައި ވުމެވެ. އަދި ލޯނު ދޭން ތިބި މީހުންނަށް އެ ފައިސާ އަނބުރާ ނުދެއްކޭނެކަން ގައުމުތަކަށް އެނގޭކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖެ އޮތީ އިންޑިއާގެ ދަރަނީގެ ދަނތުރައެއްގައި ޖެހިފައިކަމަށެވެ. އަދި ފަހަރަކު ލޯނު އެއްބަސްވުމެއްގައި ސޮއި ކުރަމުންދާ ކަމަށް އިޝާރާތްކުރައްވާ ޝިޔާމް ވިދާޅުވީ، ސަރުކާރުންވަނީ އިންޑިއާގެ ރިޒާވް ބެންކާއި އެކު ކަރަންސީ ސްވަޕް އެގްރީމެންޓެއްގައި ސޮއިކޮށްފައިކަމަށެވެ.

އެނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން އިތުރަށް 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް އެއްބަސްވުމެއް ގާއިމުކޮށްފައިވަނީ، 1.2 ބިލިއަން ޑޮލަރުގެ ލޯނުތަކެއް ނަގާފައިވަނިކޮށް ކަމަށެވެ. އަދި އެ 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕު އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން އެސްބީއައި އިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނަކީ ކޮން އުސޫލެއްގެ މަތިން ދީފައިވާ ލޯނެއް ކަންވެސް ސާފުނުވާކަމަށެވެ. އެނާ ވިދާޅުވީ، ނޫސްވެރިން ދަނީ މި ލޯނާއި ގުޅޭ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން މި މައުލޫމާތު ދޭން ބޭނުން ނުވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، މި ލޯނު ނަގާފައިވަނީ އިންޑިއާގެ އެސްބީއައިއަށް ޓީބިލު ވިއްކައިގެންކަމަށް އެނާ ގަބޫލުކުރައްވާކަމަށެވެ. އެހެންކަމުން 8 އިންސައްތައަށްވުރެ އިންޓްރެސްޓު ރޭޓު ކުޑަ ނުވާނެކަމަށާއި މި ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ރައްޔިތުންގެ ނަމުގައި ނަގަމުންދާ ލޯނުތަކާއި ގުޅޭ މައުލޫމާތުތައް ދޭންޖެހޭކަމަށެވެ. އަދި މި ސަރުކާރު އައި ދެ ފުއް ފެންނަ ގޮތަށް ވެރިކަން ކުރަންކަމަށް ވީ ނަމަވެސް މިހާރު ފެނިގެންދަނީ ސުވާލު ކުރުމުން ޖަވާބު ނުދީ ފިލާ މަންޒަރުކަމަށްވެސް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: