ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

11 ދުވަސް ތެރޭ، ކޮންމެ ދުވަހަކަށް 464 މިލިއަން ރުފިޔާގެ މުޅީން އާ ދަރަނި އުފައްދައިފި: ސައީދު

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ކޮއްމެ ދުވަހަކަށް 464 މިލިއަން ރުފިޔާގެ މުޅިން އާ ދަރަނި އިންޑިއާއިން ނަގާކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި 2023 ވަނަ އަހަރުގެ ބަޖެޓު ފާސްކުރުމަށްފަހުވީ އެންމެ 11 ދުވަސްކަމަށް ފާހަގަކުރައްވާ ސައީދު ވިދާޅުވީ މި ސަރުކާރުން ކޮއްމެ ދުވަހަކަށް 464 މިލިއަން ރުފިޔާގެ މުޅިން އާ ދަރަނި އިންޑިއާއިން ނަގާކަމަށެވެ. އަދި އިތުރު ލަގެޖަށްކަމަށް ބުނެވެސް އަގުމަތިކުރާކަމަށް ފާހަގަކޮށް ސައީދު ވަނީ މޭވާގެ ތަކެތީގެ އަގު އަރައިގެން ދިޔަކަމަށް ފާހަގަކުރައްވާފައެވެ.

ސިޔާސީ މަގާމުތައް އުފައްދާ ވަޒީފާތައް އިންތިހާއަށް ދެމުން އަންނަކަންވެސް ސައީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ގައުމަށް ފައިދާނުވާނެފަދަ ދަތުރުތައް ދައުލަތުގެ އިސްވެރިން ބޭރު ގައުމުތަކަށް ކުރައްވަމުންގެންދަވާކަންވެސް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ ކުރިންވެސް ސައީދު ވަނީ ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗު ބައްލަވާލައްވަން ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ތާނީ ވަނީ ރައީސް ސާލިހަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ، ވަޑައިގަތުމަށް ނިންމެވީތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.

މިކަމަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ ރިސޯޓް ވެރިންގެ އެހީއަށް ތަރުޖަމާނު އަބަދު ގޮވާކަމަށާއި، ބާޒާރުގެ އަގުތައް މައްޗަށް ގޮސްފައިވާކަމަށެވެ.

ރައްޔިތުން ޓެކުހުން “ފެލައިފި” ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. ގައުމުގެ ހާލަތު މިފަދައިން އޮއްވާ ވޯލްކަޕަށް ދާން ނިންމުމުން ސައީދު އައްސަވަފާއިވަނީ ރައީސްއަށް ވެފައި ހުންނެވީ ކިއްތޯއެވެ. އަދި ހަމަ ޖެހިވަޑައިގެން މަސައްކަތެއްކުރާނީ ކޮން އިރަކުންތޯވެސް ސައީދު ވަނީ ސުވާލުކުރައްވާފައެވެ.

މީގެ އިތުރުންވެސް ސައީދު ވަނީ ގައުމުގެ އިގްތިސާދީ ހާލަތާއި ގުޅުވާ ރައީސް ސާލިހަސް ގިނަ ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އެގޮތުން ސައީދު ވަނީ އޮޅުވާލައިގެން ދަރަނި ނަގާކަމުގެ ތުހުމަތު ސަރުކާރަށް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: