ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ވިސްނުމަކީ އަބަދުވެސް މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދިނުން : ރައީސް ސާލިހު

ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޮނުއްވައި ރައީސް ސާލިހު ވިދާޅުވީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1981 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން އެ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން ގެންދިޔައީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

2010 ވަނަ އަހަރުން ފެށިގެން މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުން ގެންދިޔައީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މަސްވެރިންގެ ދުވަސް އަލުން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަ ކުރަން ފެށުނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ސަރުކާރުން ފާހަގަ ކުރުމަށް ނިންމާފައިވަނީ ގދ ފަރެސްމާތޮޑާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: