ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް، ޓެކްސް ބޮޑު ކުރަން ނިންމީ ވެރިކަން ހޯދުމަށްވުރެ ގައުމު ބަނގުރޫޓުނުވެ އޮތުން މުހިންމުވީމަ: ރޮޒައިނާ

ރައީސް ސޯލިހު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާގެ އަދަދުތައް އިތުރު ކުރީ ރާއްޖެ ބަނގުރޫޓު ވިޔަ ނުދިމައްޓަކައިކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސިފަކުރައްވައިފިއެވެ.

ވޯލްޑު ބެންކުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް މާޓިން ރައިސަރ ރައީސް ސާލިހުގެ އަރިހައް ޒިޔާރަތްކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން އެމަނިކުފާނުގެ ސަރުކާރުން ނިންމާފައިވާ ނިންމުންތައް އުނދަގޫ ނަމަވެސް ރަނގަޅުކަމަށް ފާހަގަކުރެއްވިކަމަށް އިޝާރާތްކުރައްވާ ރޮޒައިނާ ވިދާޅުވީ، ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަފައިގެން ހުންނެވި ރައީސަކަށް ކުރައްވަން އެންމެ އުނދަގޫ އެއް ކަމަކީ ޓެކްސް ބޮޑު ކުރުންކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، އެމަނިކުފާނު ކުރިމަތިލައްވާނެކަން އިއުލާނު ކުރެއްވި ނަމަވެސް، ރައީސް ސާލިހު އެކަން ކުރެއްވީ އެމަނިކުފާނު ވެރިކަން ހޯއްދެވުމަށްވުރެ، ގައުމު ބަނގުރޫޓުނުވެ އޮތުން މުހިންމުކަމަށް ދެކިލައްވާތީކަމަށް ފާހަގަކުރައްވާ ރޮޒައިނާ ވަނީ އެމަނިކުފާނަށް ދުނިޔޭގެ ތައުރީފު ލިބެމުންދާކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: