ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން މައްސަލަތައް ނުބެލޭ، ސަރުކާރު އޮތީ ފިތި ބާރުވެފައި: އާދަމް ޝަރީފް

މަޑުއްވަރި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު ރައީސް އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ވަގުތުން ފިޔަވަޅުތައް އަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރު އުފެދިގެން އައީ، ހިޔާނާތަށް މަގުފައިވާ ގޮތަށް ދައުލަތުގެ އެތެރެއިންނާއި ބޭރުން ހިނގާ މައްސަލަައް ބަލައި އެކަމުގައި ކިރިޔާ ވެސް ބައިވެރިވުން އޮތް މީހެއްގެ މައްޗަށް ފިޔަވަޅު އަޅާނެކަމުގެ ވައުދާއި އެކު އެވެ. ނަމަވެސް ދައުލަތުގެ މަގާމުތަކުގައި ތިބީ މީހުންގެ މައްޗަށް ތުހުމަތުތަކެއް ކުރެވި، ބައެއް މީހުންގެ ޝަރީއަތްތައް ކޯޓުގައި ކުރިޔަށް ދިޔަ ނަމަވެސް މިހާތަަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނެތެވެ. ސަރުކާރު އޮތީ ކޮރަޕްޝަނަށް ވަރިހަމަވެފައިކަމަށް ބުނެ ބައެއް އެމްޑީޕީ މެމްބަރުންގެ ފާޑުކިއުންތައް ވެސް ސަރުކާރަށް އަމާޒުވެ އެވެ.

އާދަމް ޝަރީފްގެ ފާޑުކިއުން ރައީސަށް އަމާޒުވީ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާއި ގުޅިގެން ރައީސް ސޯލިހުގެ ޓުވީޓަށެވެ. ރައީސަކީ ކޮރަޕްޝަނަށް ރުހި، އެކަމަށް ވަރިހަމަވެފައި ހުރި ބޭފުޅެއްކަމަށް ތުހުމަތުކޮށް އާދަމް ޝަރީފް ވިދަޅުވީ ކޮރަޕްޝަނަށް އޮތީ ޒީރޯ ޓޮލަރެންސްކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު ކަމަށާއި މި ދައުރުގައި ހިންގި ވެންޓިލޭޓަރު ތަކުގެ ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށް ވީ ކިހިނެއްތޯ އާއި އެމައްސަލަތަކުގައި ޖިނާއީ ދައުވާއެއް އުފުލާފައި ނުވަނީ ކީއްވެގެންތޯ ވިދާޅުވެފައެވެ.

އާދަމް ޝަރީފް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގެއްލުނު ފައިސާ އަނބުރާ ނުހޯދުނީ ކީއްވެގެންތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

ރައީސް ސާލިހު އިއްޔެ ވިދާޅުވި ގޮތުގައި މީގެ ހަތަރު އަހަރު ކުރން ފެށިގެން ކޮރަޕްޝަން އާއި ދެކޮޅަށް ގައުމީ ފެންވަރުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލެއް ހިނގާކަށް ރުހިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގައި ހިނގަމުންދާ ކޮރަޕްޝަން ތަކަށް ފިޔަވަޅު ނާޅައި އެފަދަ މީހުންނަށް ހިމާޔަތް ދެމުން ދާ ކަމަށެވެ. އަދި ސަރުކާރުން ކޮރަޕްޝަން މަދުކުރުމަށް ރައްޔިތުންގެ އެއްބާރުލުމަށް އެދޭނީ ރައްޔިތުން ބަދުނާމު ކުރުމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައިގައި ސަރުކާރުން ވަނީ ކޮމްޕްރޮމައިޒް ވެ ފިތިފައި ކަމަށެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމަށް ރައީސް ސާލިހު ވަނީ ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: