ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަކީ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރަކަށްވެއްޖެ!

މިނިސްޓަރު ޝާހިދު އޯއޭސީޕީއެސް ބައްދަލުވުމުގައި: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްރިކާ ކެރިބިއަން އަދި ޕެސިފިކް ސްޓޭޓްސްގެ ޖަމިއްޔާ (އޯއޭސީޕީއެސް) އިން ރާއްޖެ އެ ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ބަލައިގެންފިއެވެ.

އޯއޭސީޕީއެސްގެ މެމްބަރުން އެ ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ނިންމާފައިވަނީ އެންގޯލާގައި ކުރިއަށް ގެންދިޔަ “ހެޑްސް އޮފް ސްޓޭޓް އެންޑް ގަވަރނމެންޓު އޮފް އޯއޭސީޕީއެސް” ގެ 10 ވަނަ ސަމިޓު ބައްދަލުވުމުގައެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުން 9 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ރާއްޖެ އެ ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ ހުރިހާ މެމްބަރުންތަކުގެ ވޯޓާއި އެކުކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް ސާލިހުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ “އިންސްޓްރުމެންޓު އޮފް އެސެޝަން” ޑިޕޮސިޓު ކޮއްދެއްވާފައެވެ. ރާއްޖެ މީގެ ކުރިން ހުރެފައިވަނީ މި ޖަމިއްޔާގެ އޮބްޒާރވާރ މެމްބަރެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: