ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނިގެންދަނީ ރާއްޖޭގެ ބައިތުލްމާލު ރައްޓެހި ކުންފުނިތަކަށް ބަހާލެވިގެންދާތަން: ތައުފީގު

ޕީއެންސީގެ ކައުންސިލް މެމްބަރު އާދަމް ތައުފީގް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުގެ ސަރުކާރުން ރާއްޖެއަށް ގެންނާނެ ކަމަށް ބުނި ތަރައްގީ އާއި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ހަތަރު އަހަރު ވޭތުވެދިޔައިރު އެ ވައުދުތައް ފުއްދުމުގައި އިހުމާލު ވެފައިވާ ކަމަށް  އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީއެންސީގެ ކައުންސިލް މެމްބަރު އާދަމް ތައުފީގް ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތައުފީގު ވިދާޅުވީ  ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވެގެން ކަމަށެވެ. އެގޮތުން މިސަރުކާރު ވެރިކަމަށް އައީ ހެޔޮވެރިކަމެއް ކޮށްދޭން ކަމަށް ބުނެ ކަމަށް ތައުފީގު ވިދާޅުވިއެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުގައި ވެސް ހެޔޮ ވެރިކަން ބައްދަލުކުރީ ކޮންކަމަކާ އެކުގައި ކަމަށް ސުވާލު އުފެދޭ ކަމަށް ތައުފީގު ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ ހެޔޮވެރިކަމުގައި ފެނިގެން ދިޔައީ ރާއްޖޭގެ ބައިތުލްމާލު ރައްޓެހި ކުންފުނިތަކަށް ބަހާލެވިގެން ދިޔަތަން ކަމަށެވެ.

މީގެ އިތުރުން މި ވެރިކަމުގައި ޓްރެފިކް ގަވާއިދާ ހިލާފުވެގެން ސްޓިކަރ ޖަހައިގެން ދައުލަތް ހިންގުމަށް އާމްދަނީގެ ގޮތުގައި ވަރަށް ގިނަ ފައިސާ ތަކެއް ނަގަމުންދާ މަންޒަރު ފެނިގެންދާ ކަމަށް ތައުފީގް ވިދާޅުވިއެވެ.

މި ވެރިކަމުގައި ސިޔާސީ މަގާމްތައް އިތުރު ނުކުރާނެ ކަމަށް ބުނި ނަމަވެސް ރައީސް ސާލިހު ހިތް އެދޭ ފަރާތަކަށް ހިތު ހުރިވަރަކަށް  މަގާމްތައް ބަހަމުން ދާތަން ފެނިގެންދާ ކަމަށް ތައުފީގް ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ ހެޔޮވެރިކަމުގެ ތެރޭގައި ޓެކްސް އިތުރުކޮށް ރާއްޖޭގެ ރައްޔިތުން ބިކަ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މިސަރުކާރުން ތާހިރު ދިރިއުޅުމެއްގެ ވާހަކަ ވެރިކަމަށް އައުމަށް ވަރަށް ބޮޑަށް ދައްކަމުން ދިޔަ ނަމަވެސް ތާހިރު ދިރިއުޅުމަކަށް ވާސިލު ވުމަށް އެއްވެސް ރައްޔިތެއްގެ އާމްދަނީ އިތުރު ނުވާނެ ކަމަށް ހުރިހާ ރައްޔިތުން ހެކިވާނެ ކަމަށް ތައުފީގު ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ އެއްވެސް ރައްޔިތަކަށް އާމްދަނީ ލިބޭނެ އިތުރު ވަސީލަތެއް ހުޅުވިގެން ނުދާ ކަމަށާއި ރާއްޖޭގެ އިގްތިސާދު ބޮޑުތަނުން ދަރަނިވެރިވެގެން ގޮސްފައިވާ ކަމަށެވެ.

މި ސަރުކާރުން އަވަށްޓެރި ގައުމަކަށް ވަރަށްބޮޑަށް ބަރޯސާވެފައިވާ ކަމަށާއި އެގައުމު މެދުވެރިކޮށް އެކި ނަންނަމުގައި ދައުލަތް ހިންގުމަށް ނުވަތަ ހަދިޔާ ނުވަތަ ލޯނުތައް ނަގަމުންގެންދާ ކަމަށް ތައުފީގު ވިދާޅުވިއެވެ. މިސަރުކާރުން ދިވެހި މަސްވެރިންނަށް ވަރަށް ޗާލު ވައުދުތަކެއް ވެގެން ދިޔަތަން ފެނިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް އެ ވައުދުތަކަކީ މެޝަރ ނުކުރެވޭ ކަހަލަ ވައުދުތަކެއް ކަމަށް ތައުފީގު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި ތައުފީގު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ހަމައަގު އިނގޭނެ އެއްގޮތެއް ވެސް ނެތް ކަމަށެވެ.

ހަމަ އަގު ހޯދުމަށް ފިޝަރީޒް މިނިސްޓަރު ކައިރި މީޑިއާ އަކުން ސުވާލު ކުރުމުން ވިދާޅުވީ މާކެޓް ރޭޓް ކަމަށާއި އެ ރޭޓަކީ އެންމެން ވެސް ދަންނަ ހަމައެއް ކަމަށް ތައުފީގު ވިދާޅުވިއެވެ. އެހެންކަމުން މިސަރުކާރުގެ ހަމައަގު ނުވަތަ ދިވެހި މަސްވެރިންނަށް ވީ ވައުދުގައި އެއްވެސް މެޝަރ ކުރެވޭނެ ބުރަދަނެއް ހުރި އެއްވެސް ކަމެއް ނެތް ކަމަށް ތައުފީގު ވިދާޅުވިއެވެ. ސަރުކާރަށް ހަތަރު އަހަރު ވެގެންދާއިރު ދިވެހި މަސްވެރިންނަށް ވީ ވައުދުގެ އެއްވެސް ކަމެއް ނުވާ ކަމަށް ތައުފީގު ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސް ނުކިރި ހަފްތާއެއް ވަންދެން މަސް ނުކިރި ކިއު ދިގުވެގެންދާތަން ފެނިގެން ދާކަމަށް ތައުފީގު ވިދާޅުވިއެވެ. އިންސާފަކީ މިސަރުކާރުން ވަރަށް ވަރުގަދަ ކަމާއެކު ވަކާލާތު ކުރާ ކަމެއް ކަމަށް ތައުފީގު ވިދާޅުވެވެ. އިންސާފަކީ ވަކި ބަޔަކަށް ލިބިގެންދާ އެއްޗެއްގެ ގޮތުގައި ފެނިގެންދާ ކަމަށް ތައުފީގް ވިދާޅުވިއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް އިންސާފު ލިބިދިނުމުގައި މިސަރުކާރުން އަމަލު ކުރަނީ ވަރަށް ބޭއިންސާފުން ކަމަށް ތައުފީގު ވިދާޅުވިއެވެ.

ހަތަރު އަހަރު ވެެގެން ދިޔައިރު ކުރީގެ ރައީސް ޔާމީން އަށް އިންސާފު ހޯދައިދިނުމަށް އަމަލުކުރަމުން ގެންދަނީ ވަރަށް ބޭއިންސާފު ވެރިކޮށް ކަމަށް ތައުފީގު ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ ޝަރުއީ ދާއިރާ އަށް އަބަދުވެސް އިތުބާރު ކުރާ ކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުން ގެންގުޅޭ އުސޫލުތައް ރަނގަޅު ނޫން ކަމަށެވެ. އެގޮތުން ޖޭއެސްސީ މިނިވަން ކުރާނެ ކަމަށް ބުނި ނަމަވެސް ހަތަރު އަހަރު ވެގެންދިޔަ އިރުގައި ވެސް ޖޭއެސްސީ މިނިވަން ވެގެންދިޔަތަން ފެނިގެން ގޮސްފައި ނުވާ ކަމަށް ތައުފީގު ވިދާޅުވިއެވެ. އެގޮތުން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށްޓަކައި މިސަރުކާރުން ކުރި ހަމަ އެއްވެސް ކަމެއް ނެތް ކަމަށް ތައުފީގު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: