ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ ޝަކީލް އާއި އަލީ ރަޝީދަށް ޕީޕީއެމްވެރިކަމެއްގައި ފަނޑިޔާރުގެއަކު ނީނދެވޭނެ : ޝުޖާއު

ޕީޕީއެމްގެ ޖަލްސާއެއްގައި ޝުޖާއު ވާހަކަ ދައްކަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާޒީ އަހްމަދު ޝަކީލު، އާއި ގާޒީ އަލީ ރަޝިދަށް ޕީޕީއެމްގެ ވެރިކަމެއްގައި ފަނޑިޔާރު ގެއަކު ނުތިބެވޭނެ ކަމަށް ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން މިއަންނަ ހުކުރު ދުވަހު ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރާއްޖޭގެ ހުރިހާ ރަށެއްގައި އިހްތިޖާޖެއް ބޭއްވުމާއި ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ގާޒީ ޝަކީލް އާއި އަލީ ރަޝީދު ތިބީ ހަރާމް ހުކުމެއް ކޮށްގެން ކަމަށެވެ.

ގާނޫނު އަސާސީ އިން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިއަދު ރާއްޖޭގައި ނެތް ކަމަށް ދުނިޔޭގެ ބޮޑެތި ޖަމުއިއްޔާތަކުން ބުނަމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަންކުރުމުގެ ގައުމީ މަސައްކަތަށް ރައްޔިތުންގެ ތެރެއިން މަދު އަދަދެއްގެ މީހުން ނުކުންނާތީ ދުނިޔޭގެ ޖަމުއިއްޔާ ތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅުގެ މުޒާހަރާ ތަކަށް ރައްޔިތުން ނުނިކުންނަނީ ފުލުހުންގެ އަނިޔާވެރިކަމުގެ ސަބަބުން އެކަމާ ބިރުން ކަމަށް ޝުޖާއު ވިދާޅުވިއެެވެ.

މަގުމައްޗަށް ނިކުތުން މިއަދު ރައްޔިތުންނަށް މިއޮތީ ބިރަކަށް ވެފައި. އެއީ މިވެެގެން އުޅޭ ގޮތަކީ. އެހެންވުމުގެ ސަބަބުން ރައްޔިތުންނަށް ނުކުންނަން ނުކެރެނީ ބިރުން. އެއީ ރައީސް ޔާމީނަށް އޮތް ލޯތްބާއި ތާއީދު ނެތިގެނެއް ނޫން މާދަމާވެސް ވޯޓް ފޮއްޓެއް އާދެބަލަ. ރައީސް ޔާމީން އިންތިހާބު ވާނެ. އެހެންވެގެން ރައީސް ޔާމީން އަށް އަނިޔާކުރަމުން އެގެންދަނީ

ރައީސް ޔާމީން އާއި ޕާޓީގެ ލީޑަރޝިޕުން ބައްދަލުކުރަމުން ގެންދަމުންދާ ކަމަށާއި ފެށުނީއްސުރެ ހަރާމް ހުކުމެއް ކަމަށް ޕީޕީއެމް އަދި ޕީއެންސީ އިން ބުނަމުން ގެންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: