ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތްރުހޭ މީހާއަށް ވަކިގޮތެއް، ނަފްރަތު ކުރާ މީހާ ޖަލަށް: ޣައްސާން

ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންނަނީ ހިތްރުހޭ މީހާ އަށް ވަކިގޮތެއް، ނަފްރަތު ކުރާ މީހާ ޖަލަށް ލާ މަންޒަރު ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޕީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އާއި ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން މީހުންނަށް މިސަރުކާރުން އަނިޔާ ދެމުންގެންދާ ކަމަށެވެ. ގައްސާން ވިދާޅުވީ މިފަހުން ރާއްޖޭގެ ވެރިކަމުގައި ތިބި ވެރިންނަށް ދިވެހި ރާއްޖޭގެ ސަރަހައްދު އޮޅިފައިވާ ކަމަށެވެ. ޣައްސާން ވިދާޅުވީ ގާނޫނު އަސާސީގައި ވަރަށް ސަރީހަކޮށް ދިވެހި ރާއްޖޭގެ ބިމާއި ކަނޑާއި ވައިގެ ސަރަހައްދު ބަޔާންކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދަށް އުނި އިތުރެއް ގެނެވޭނެ ގޮތްތަކާއި އިޖުރާއަތްތައް ބަޔާން ކޮށްފައި އޮންނާނެ ކަމަށެވެ.

އިއްޔެ އަކީ ގައުމުގެ ނަޒަރުން ބަލާނަމަ ކުރިއަށް ފިޔަވަޅެއް އަޅާނަމޭ ބުނެ ފަހަތަށް ދެފިޔަވަޅު އަޅާތާ މިސަރުކާރަށް 1486 ދުވަސް ފުރުނު ދުވަސް ކަމަށް ޣައްސާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2018 ވަނަ އަހަރުގެ ކެމްޕޭންގައި އެމްޑީޕީ އިން ދެއްކި ވާހަކަތަކާއި ވީ ވައުދު ތައް ހުރިހާ ރައްޔިތުން ދެކެފައިވާ ކަމަށެވެ. އަދި ދެއްކި ވާހަކަތަކާއި ކުރި ހުވަޔާ މިހާރު ކަން ވަމުންދާ ގޮތާއި ފެންނަ މަންޒަރާ ވަރަށް ތަފާތު ކަމަށް ޣައްސާން ވިދާޅުވިއެވެ. އެގޮތުން މަސްވެރިންނަށް ވީ ވައުދުތައް ދައްކާ ހުސްނުވާނެ ކަމަށް ވީ ނަމަވެސް  މަސްވެރިންނަށް ވީ ވައުދުތައް ސިފަވަމުންދަނީ މަސްވެރިންނަށް ކުރި މަލާމާތެއްގެ ގޮތުގައި ކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި ޣައްސާން ވަނީ ކޮރަޕްޝަން ފަދަ ކަންކަމާ މެދު ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަކަށް އަލި އަޅުއްވާލައްވާފައެވެ.

އޭނާ ވިދާޅުވީ މިސަރުކާރުން ޒީރޯ ޓޮލަރެންސް ގެ ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް ފެންނަނީ ޖިންސީ ފުރައްސާރަ އާއި އަނިޔާ ކުރުން ފަދަ އަމަލުތައް ހިންގައި، ދައުލަތުގެ މުދަލާއި ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވެ ވައްކަން ކުރި ކަމުގައިވީ ނަމަވެސް ގާތް ތިމާގެ މީހުންނާ ރައްޓެހިންނަށް ސަލާމަތް ވާނެ ޖާގަ ހޯދައިދޭތަން ކަމަށެވެ.

ސަރުކާރުން ރައްޔިތުންނާއި މެދު ނާއިންސާފުން އަމަލު ކުރަމުންދާ ކަމަށް ތުހުމަތުކޮށް ޣައްސާން ވިދާޅުވީ ޕާކު ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފެންނަނީ ރައްޔިތުންގެ ޖީބަށް އަތްބާނައިގެން ޓެކްސްގެ ގޮތުގައާއި ޖޫރިމަނާގެ ގޮތުގައި ފައިސާ ފޭރިގަނެގެން ސަރުކާރު ހިންގާ މަންޒަރު ކަމަށެވެ. އަދި ޣައްސާނު ވަނީ ބަހާއި އަމަލު ދިމާނުވާ އިތުރު އެހެން މިސާލުތަކެއް ދައްކަވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ސަރުކާރުން ދަރަނި ނުނަގާނެ ކަމަށް ބުނި ނަމަވެސް ފެންނަނީ ތިން ހާހެއްހާ އަހަރުގެ ތެރޭގައި ދިވެހި ދައުލަތް ދަރަނިވެރި ނުވާވަރަށް މި ހަތަރު އަހަރުގެ ތެރޭގައި ދަރަނިވެރިވެ ގޮސްފައިވާ މަންޒަރުކަމަށެވެ.

ސިޔާސީ މަގާމުތައް އޭރުގައި މާގިނަ ކަމަށް މިސަރުކާރުން ބުނި ކަމަށާއި، ސިވިލް ސާވިސް އެކަނި އޮވެގެން ފުދޭނެ ކަމަށް ބުނި ނަމަވެސް ފެންނަނީ އެތައް ގުނަ އިތުރަށް ސިޔާސީ މަގާމްތައް އުފައްދައިގެން އެކި ވަޒީފާތަކަށް އެކި ނަމުގައި އުފައްދައި އެކިވަޒީފާތައް ތިމާގެ މީހުންނަށް ދޭ މަންޒަރު ކަމަށް ޣައްސާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: