ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ ރިޔާސީ ކެމްޕޭން ފޯރީގައި ކުރިއަށް!

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕޭން ރާއްޖެތެރެއަށް ފުޅާކުރުމަށް އެޕާޓީއިން ނިންމައިފިއެވެ.

ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ އިސްފަރާތްތަކުން ވަނީ އެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކޮށްފައެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕޭން ހަރަކާތްތައް މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެށިގެންދާނެ ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލުމާއި ހަމައިިން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ރައީސް ޔާމީން މިނިވަން ކުރުމަށް ގިނަގުނަ މަސައްކަތްތައްް ދަނީ ކުރަމުންނެވެ. އެގޮތުން އިންސާފު ގާއިމްކުރުމަށް ކަނޑައެޅިފައިހުރި ހުރިހާ މުއައްސަސާތަކަށް ޒިޔާރަތްކޮށް ރައީސް ޔާމީންގެ ޝަރީއަށް އަދުލުވެރިކަމާއި އިންސާފުވެރިކަމާއި އެކު ކުރިއަށް ނުގެންދާ ކަމުގެ ޝަކުވާތައްވަނީ ކޮށްފައެވެ.

ޕީޕީއެމް އަދި ޕީއެންސީ އިން ރައީސް ޔާމީން ނޫން ދެވަނަ ކެންޑިޑޭޓަކު ނެރުމަށް ދެބަސްވަމުންދާ މިދަނޑިވަޅުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރޭ ދަ ޑިމޮކްރެޓްސްގެ ރަސްމީ ޖަލްސާގައި ވިދާޅުވެފައިވަނީ އެމަނިކުފާނާއި ރައީސް ޔާމީން ވެރިކަަމަށް ކުރިމަތިލުމަކީ އެންމެ އެދެވޭ ގޮތްނޫން ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ އެދުމަކީ ރައީސް ޔާމީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމެވެ. އޭގެ ބަދަލުގައި އިދިކޮޅުގެ ފަރާތުން އިއްތިހާދުވާ އެއް ކެންޑިޑޭޓަކު ނެރުމަށް ރައީސް ނަޝީދު ހުށަހެޅުއްވިއެވެ.

ރައީސް ނަޝީދުގެ އެ  ނިންމުމާއި ދެކޮޅަށް ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އެޕާޓީގެ ކަންކަން ނިންމާނެ ގޮތް އެނގޭނީ ޕާޓީގެ ލީޑަރޝިޕާއި ސެނެޓްގެ އިތުުރުން އެހެނިހެން ގުނަވަންތަކަށް ކަމަށެވެ. އެހެންކަމަުން ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓަކު ނެރުމާއި ބެހޭ ވާހަކަ އެހެންޕާޓީއެއްގެ ކެންޑިޑޭޓަކު ދެއްކުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.2

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: