ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

21 ވަނަ ގަރުނުގައި ރައީސް ސާލިހްފަދަ ނުކިޔަވާ ހުރި ވެރިއެއް ބޭނުމެއްނޫން: އަދުރޭ

ފޮޓޯ: ޕީޕީއެމް/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

21 ވަނަ ގަރުނުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މިހައްމަދު ސާލިހް ފަދަ ނުކިޔަވާ ހުންނެވި ވެރިއެއް ބޭނުންފުޅުނުވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އއ. ބޮޑުފުޅަދޫގައި ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ސާލިހްގެ ސަރުކާރު ނިމިފައިވާކަމަށެވެ. ދެން މި ސަރުކާރަށް ނޭވާ ލެވޭނެ ގޮތެއްނެތްކަމަށާއި މިހާރު ނޭވާ ހޮޅިއަށް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މި ސަރުކާރު ނިމޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ނެތް ކަމަށް ބުނިނަމަވެސް އެކަން ގަބޫލު ކުރާ ދިވެއްސަކު ނެތްކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން ނެތްނަމަ އެވާހަކަ ދައްކަން ނުޖެހުނީސް ކަމަށެވެ.

ޕީޕީއެމް/ޕީއެންސީއިން އެމްއެންޕީއާއި އެކު މަސައްކަތް ކުރަމުން ގެންދަނީ އަބަދުވެސް ރައްޔިތުންނަށް ރަނގަޅުގޮތް ހޯދާ ދެއްވަން ކަމަށާއި ރައްޔިތުންނަށް ތަރައްގީ ގެނެސް ދިނުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ދިވެހިންނަށް އިސްލާމް އިނގިރޭސި ބަހުން ކިޔަވާ ދެއްވަން ބޭނުންފުޅު ނުވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރައްޔިތުން ވަނީ ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނެފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން އަބްދުއްރަހީމް އެދިވަޑައިގެންނެވީ ޑރ. މުއިއްޒުގެ އަބުރު ކަތިލައްވަން މަސައްކަތް ނުކުރެއްވުމަށާއި އަދި އެކަމަށް ޖާގައެއްވެސް ނެތް ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: