ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލައަށް މަރުވާން މަސައްކަތް ކުރި ފައިސަލްގެ ހާލު ސީރިއަސް!

ނޮޅިވަރަމްގައިމަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު އަދި މި މައްސަލައިގައި ތުހުމަތުތަކެއް ކުރާ އޭނާގެ ފިރިމީހާ ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ނޮޅިވަރަމްގައި އަނބިމީހާގެ މަރުގައި ޝައްކުތަކެއް އުފެދި އެ މައްސަލައިގައި ފުލުހުންގެ ބަންދުގައި ހުރި އޭނާގެ ފިރިމީހާ ދަންޖެހިފައި ހުއްޓައި ފެނިގެންއައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފައިސަލް ބަހައްޓާފައި ހުރި ގޮޅީގައި އަމިއްލައަށް މަރުވާން ދަންޖެހިފައި ހުއްޓާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިރޭ 23:15 ހާއިރު ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދެމުން ދަނީ ކުޅުދިއްފުށި ހޮސްޕިޓަލުގެ އައިސީޔޫގައިކަމަށް ފުލުހުންމައުލޫމާތު ދިނެވެ.

މި މައްސަލައިގައި ސުވާލު ކުރުމުން ފުލުހުން ބުނީ ފައިސަލްގެ ހާލު ސީރިއަސް ކަމަށެވެ. އަދި މާލެ ގެންނަން ޖެހިއްޖެ ނަމަ އެ އިންތިޒާމުތައް ހަމަޖެހޭނެކަމަށް ބުންޏެވެ.

ފައިސަލް ބަންދުގައި ހުރީ ވަކިން ކޮޓަރިއެއްގައި ކަމެއް ނުވަތަ ބަޔަކާއި އެކުކަން އަދި ސާފެއް ނުވެ އެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 25%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ޢަމިއްލައަށް ދަންޖެހެވޭގޮތަށް ބަންދުކުރުމަކީ ހުއްދަކަމެއްބާ. ޙުރިހާތާކުން މައްސަލަ ގައުމެއްނެތް.

  2. ރަނގަޅު…ހުކުމް އަމިއްލައަށް ތަންފީޒު ކުރީ…ސަރުކާރުން އިންސާފު ނުލިބޭނެ…ތިކަހަލަ މީހުންގެ ދިފާއުގަ ނުކުންނާނެ ލާދީނީ ބައިގަނޑު…

  3. ރ ސޯޅިހު ބޭނުންަވަނީ އައްނިއައް ގަވުމު ދީފައި ބޭރަށް ވަޑައިގައްނަވަން.
    ކުރީފަހަރު އައްނި ހުންނެވި ހާޅަތައް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: