ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންކަމާއި، އިސްތިގުލާލާއި ސިޔާދަތު ގެއްލިދާނެ ވާހަކަ ދެއްކޭކަށް ނެތް: މުންދު

ޕީއެންސީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މުހައްމަދު ހުސައިން ޝަރީފު (މުންދު). ފޮޓޯ:ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލަށް ބުރު އަރާފާނެކަމުގެ ވާހަކަ އާއި ސިޔާދަތު ގެއްލިދާނެ ވާހަކަ ދެއްކޭކަށް ނެތްކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމްއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ހުސައިން ޝަރީފު ވިދާޅުވީ އޭނާ ދެކޭ ގޮތުގައި މިއަދު މިނިވަންކަން ބީވެދާނެކަމަށާއި، އިސްތިގުލާލަށް ބުރު އަރާފާނެކަމުގެ ވާހަކައިގެ އިތުރުން ސިޔާދަތު ގެއްލި ހިގާދާނެ ވާހަކަ ދެކެވެން ނެތްކަމަށެވެ. ހުސައިން ޝަރީފު ވިދާޅުވީ މިއަދު ދިވެހިންނަށް ފުރިހަމަ މިނިވަންކަން ނެތްކަމަށާއި، އިސްތިގުލާލާއި، ސިޔާދަތީ ބާރު ވެސް ދިވެހިންގެ އަތްދަށުގައި ނެތްކަމަށެވެ.

ސިއްހީ ނިޒާމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ހުސައިން ޝަރީފު ވިދާޅުވީ ކުރީގެ އެކި ވެރިކަންތަކުގައި ބޭސް ފަރުވާއަށް ދުނިޔޭގެ އެކި އެކި ގައުމުތަކަށް ދާން ހުއްދަ ލިބޭކަމަށާއި، ނަމަވެސް މި ސަރުކާރުގައި ހަމައެކަނި ހުއްދަ ލިބެނީ އެންމެ ގައުމަކަށް ދިއުމަށްކަމަށް ހުސައިން ޝަރީފު ވިދާޅުވިއެވެ. އަދި އެއީ އިންޑިއާކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހުސައިން ޝަރީފު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާ ހިސާބަށް އައުމުގައި ބިދޭސީންގެ ދައުރު ވަރަށް ބޮޑުވާނެކަމަށާއި އަދި އޭގެ ތެރެއިން ބަނގްލަދޭޝްގެ ބިދޭސީއިންގެ ހިއްސާ އޭނާ ފާހަގަކުރެއްވިއެވެ. ހުސައިން ޝަރީފު ވިދާޅުވީ ބިދޭސީން ގެނައުމުގައިވެސް ކޯޓާ ލިބެނީ ހަމައެކަނި އިންޑިއާގެ ރައްޔިތުން ގެނައުމަށްކަމަށެވެ. ނަމަވެސް މީގެ ކުރީގައި ދުނިޔޭ އެކި ގައުމުތަކުން ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރިކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުން ޕްރޮޖެކްޓެއް އިއުލާންކުރި ނަމަވެސް އަދި ލޯނެއް ނެގިކަމުގައިވީ ނަމަވެސް އެކަމުގައި ބަރޯސާވަނީ އިންޑިއާކަމަށް ހުސައިން ޝަރީފު ވިދާޅުވިއެވެ. އެއީ ތަނެއް މަރާމާތުކުރުން ނަމަވެސް އަދި ސަރުކާރުގެ ވެރިއަކު ޖަލްސާއަކަށްދާ ވާހަކަ އިވުމުން އެކަމުގެ ތަފްސީލު ބަލާލާއިރު އެކަމެއް ވެސް ގޮސް ގުޅެނީ އިންޑިއާއާއި ކަމަށް ހުސައިން ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ  ފުލުހުންނާއި ސިފައިންނާއި، ސިވިލް ސާވެންޓުން ތަމްރީނުކުރަނީވެސް އިންޑިއާއިންކަމަށެވެ. އަދި މީހެއްގެ މަރުގެ މައްސަލައެއްގެ ހަގީގަތް ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށްވެސް ފޮނުވަނީ އިންޑިއާއަށްކަމަށާއި، ރާއްޖޭގައި ޕޯޓެއް ހެދި ނަމަވެސް އެކަމުގައިވެސް ބަރޯސާވަނީ އިންޑިއާއަށްކަމަށް ހުސެއިން ޝަރީފް ވިދާޅުވިއެވެ.

އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބޭފުޅުންނަށްވެސް އެކި އެކި ދައުވަތުތައް އިންޑިއާއިން ފޮނުވާކަމަށް އީސީއާއި ހަވާލާދީ ހުސައިން ޝަރީފު ވިދާޅުވިއެވެ.

ހުސެއިން ޝަރީފް ވިދާޅުވީ މުޅި ދުނިޔޭގައި 200 އަށްވުރެ ގިނަ ގައުމު އޮތްއިރު ރާއްޖޭގެ ގައުމީ ސަލާމަތްވެސް އެނގެނީ އިންޑިއާއަށްކަމަށް ހުސެއިން ޝަރީފް ވިދާޅުވިއެވެ. އަދި އެކި ކަންކަމުގައި އދ ގައި ރާއްޖެއިންދޭ ވޯޓަށްވެސް އިންޑިއާގެ ނުފޫޒު ފޯރުވާކަމަށް ހުސެއިން ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: