ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަހަރާ ކޮނުމުގެ ހުއްދައެއް ނުދެން، ފުލުހުންނަށްވެސް އެކަން އެނގޭނެ: ނޮޅިވަރަމްފަރު ކައުންސިލް

ހދ.ނޮޅިވަރަމް. ފޮޓޯ: އިކޮނޯމޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮޅިވަރަމްފަރު ސަހަރާ ނުކޮނުމަށް ފުލުހުންގެ މުވައްސަސާއަށް އަންގާފައިވާނެކަމަށް އެ ކައުންސިލުގެ ރައީސް އަބްދުﷲ ނަދީމު ވިދާޅުވެއްޖެއެވެ.

ހދ ނޮޅިވަރަމްފަރު ސަހަރާ ކޮނުނު މައްސަލައިގައި ކަންސިލުންވަނީ ބަޔާނެއް ނެރެފައެވެ. ބަޔާނުގައި ބުނެފައިވާގޮތުން އެކަން ކުރަމުންދިޔަ ވަގުތު ކައުންސިލުންވަނީ އެ ސަރަހައްދަށް ގޮސްފައެވެ. ކައުންސިލުން ބުނެފައިވާގޮތުން އެވަގުތު އެތަނުގައި ސަހަރާ ކޮނުމުގެ މަސައްކަތްތައް ކުރަމުންދިޔައީ އެ ރަށުގެ ފުލުހުންގެ މުއައްސަސާގެ ބޭފުޅުންނާއި އިންޗާޖުގެވެސް ހާޒިރުގައިކަމަށެވެ.

ބަޔާނުގައި ބުނެފައިވާގޮތުން، އެކަން ކުރުމަށް ބޭނުންވި ފަރާތްތަކުންވަނީ އެ މަސައްކަތްތައް ކުރުމަށް އަނގަ ބަހުން ހުއްދައަށް އެދިފައެވެ. އެހެން ނަމަވެސް ރުގިއްޔާ ކުރުމުގެ ތެރެއިން ސަހަރާ ކޮނުމެއް ނޯންނާނެކަމަށާއި އެކަން ކުރުމަށް ހުއްދަ ނުދިނުމަށް އިސްލާމިކް މިނިސްޓްރީއިން އަންގާފައިވުމުން އެ ހުއްދަތައް ދީފައިނުވާނެކަމަށް ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުންގެ މުވައްސަސާއިން މީޑިއާ ތަކާއި ހިއްސާކޮއްފައިވާގޮތުން ”ސަހަރާ ބަލާ ފާސްކޮއްފައިވަނީ ކައުންސިލަށް އެ މައުލޫމާތު ހިއްސާ ކުރުމަށްފަހު“ އެވެ.

މި މައްސަލައިގައި އިތުރަށް މައުލޫމާތު ސާފު ކުރުމަށް ”ސަންގު“ އިން ނޮޅިވަރަމްފަރު ކައުންސިލުގެ އިދާރާގެ ރައީސް އަބްދުﷲ ނަދީމް އާއި ސުވާލު ކުރުމުން ނަދީމް ވިދާޅުވީ، އެކަން ކުރުމަށް ހުއްދައެއް ދީފައިނުވާނެކަމަށެ. އަދި ހުއްދަ ނެތްކަން ފުލުހުންގެ މުއައްސަސާއަށާއި އެކަމުގައި ޝާމިލުވި އެހެނިހެން ފަރާތްތަކަށްވެސް އަންގާފައިވާނެކަމަށް ނަދީމް ފާހަގަކުރެއްވިއެވެ.

ނަދީމް ވިދާޅުވީ، އެތަނަށް ހާޒިރުވުމުން ފެނިގެންދިޔައީ އާންމުންގެ ބަޔަކު އެ މަސައްކަތްތައް ކުރަމުން ދިޔަ މަންޒަރު ކަމަށެވެ. އެހެން ނަމަވެސް އެ ކަން ކުރަމުންދިޔައީ ފުލުހުންނަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން ފޮރިންސިކް ބޭނުމަކަށް ކަމަށް މުވައްސަސާގެ އަތޮޅު ކޮމާންޑަރު ވިދާޅުވިކަމަށް ނަދީމު ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، ފޮރިންސިކް ބޭނުމަކަށް ކުރެވޭ މަސައްކަތްތަކެއް ކުރާނީ ފުލުހުންގެ ބޭފުޅުންކަން އެންމެންވެސް ދަންނާނެކަމަށެވެ. އަދި ފުލުހުންގެ ފޮރެންސިކް ބޭފުޅުން ތަނެއްގައި ހަރަކާތްތެރިވާނަމަ އެތަނަކަށް ބޭނުން ބަޔަކަށް ގޮސް ނުވަދެވޭނެކަމަށާއި އެތަނުން ކޮނެގެން ނެގި އެއްޗެއް ގެންދިޔައީވެސް ފުލުހުން ނޫންކަމަށާއި އާންމުންގެ ބަޔަކު ކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، ފުލުހުން އަދާ ކުރީ ސެކިއުރިޓީ ބެލެހެއްޓުން ފަދަ ރޯލެއް ކަމަށެވެ.

ކައުންސިލްގެ ބަޔާނުގައި ބުނެފައިވާގޮތުން ފުލުހުންގެ މި އަމަލު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ފުށު އަރައެވެ. އަދި ހިންގި އަމަލަކީ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިދީފައިވާ ބާރަށް އަރައިގަތުންކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

މި މައްސަލަ ބެލުމަށް އެއްވެސް މުވައްސަސާއަކަށް ހުށައަޅާނެތޯ ސުވާލު ކުރުމުން ނަދީމު ވިދާޅުވީ، ކައުންސިލުން މިހާރު ތައްޔާރުވަމުންދަނީ ކަމާއި ބެހޭ މުވައްސަސާތަކަށް މައްސަލަ ހުށައެޅުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: