ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ހެޔޮބަދަލުތަކެއް ގެނެސްދެވިއްޖެ: ނައިބު ރައީސް

އިސްކަންދަރު ސްކޫލުން ބާއްވާ "ސްޓެމް ފެއަރ 2022" ހުޅުވައިދެއްވުމުގެ ރަސްމިޔާތުގައި ނައިބު ރައީސް ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ހެޔޮބަދަލުތަކެއް ގެނެސްދެވިއްޖެ ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިހެން ވިދާޅުވީ އިސްކަންދަރު ސްކޫލުގެ “ސްޓެމް ފެއަރ 2022” ރަސްމީގޮތުން ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންނަށް ފޮތް ކިޔައިގެން ދަސްވާ ދަސްވުމެކޭ އެއްފަދައިން އެކުދިން އަމިއްލައަށް އުފެއްދުންތައް އުފައްދާ އީޖާދުކުރުން ފަދަ ކަންކަމުގެ ތެރެއިން ކަންކަން އުނގެނުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކުދިން އަމިއްލައަށް ކަންކަންކުރުމަށް ފުރުޞަތު ދިނުމުން ދަރިވަރުން ގުޅިގެން މަސައްކަތްކުރުމާއި މައްސަލަތައް ޙައްލުކުރުމުގެ ހުނަރުފަދަ ގިނަ ހުނަރުތައް ދަރިވަރުންނަށް ލިބިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވާހަކަފުޅުގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވައި ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ގިނަ ހެޔޮބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މުޅި ތަޢުލީމީ ސިޔާސަތު އަމާޒުހިފާފައި ވަނީ 21 ވަނަ ގަރުނަށް ދަރިވަރުން ތައްޔާރުކުރުމަށްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަން ފާހަގަކުރައްވައި ރަނގަޅު ހުނަރުވެރި ދަރިވަރުންތަކެއް ބިނާކުރުމަށް ބެލެނިވެރިންނާއި ސްކޫލްތަކުން އަދި ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ.

ބިޒްނަސްމަނުންވެސް އެކި އެކި ލީޑަރސްވެސް، އެކިއެކި އެތްލީޓުން އެންވައިރަމެންޓަލް ސްޕެޝަލިސްޓުން ޓީޗަރުން އަދި އިލްމްވެރިން، މިއިން ކޮންމެ މީހެއްގެ ބަލާލާއިރުވެސް ވަރަށް ގިނަ މީހުންނަކީ އެއް ފަހަރު، ދެ ފަހަރު، ތިން ފަހަރު، ހަތަރު ފަހަރު، ފަސް ފަހަރު ޓްރައި ކޮށްގެން ކާމިޔާބު ހޯދި މީހުން

ނައިބު ރައީސް ވިދާޅުވީ ކާމިޔާބެއްގެ ފެށުން އަންނަނީ ގަނޑިއަށް ފަރުވާތެރިވުމުންކަމަށެވެ. އަދި ފާހަގަކުރެއްވީ ކަމެއް ފުރަތަމަ ކުރާއިރު އެކަން އެންމެ ފުރިހަމަ ގޮތުގައި ނުވަތަ އުއްމީދުކުރާ ގޮތަށް ނުވެދާނެކަމަށެވެ. ނަމަވެސް އެއީ މައްސަލައެއްނޫންކަމަށް ވިދާޅުވެ، ނައިބު ރައީސް ފާހަގަކުރެއްވީ އެއްވެސް ކަމެއް ހުއްޓާލައިގެން ނުވާނެކަމަށެވެ. އަދި ރަނގަޅު މަސައްކަތެއް ކުރެވިއްޖެނަމަ ކާމިޔާބީ ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލުގެ “ސްޓެމް ފެއަރ 2022” ކުރިޔަށްގެންދަނީ މިއަދު އަދި މާދަމާއެވެ. އެ ސްކޫލުގެ ކީ ސްޓޭޖް 1 އިން ފެށިގެން ކީ ސްޓޭޖް 4 ގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި ފެއަރގައި ޖުމްލަ 186 ޕްރޮޖެކްޓް ބައިވެރިކޮށްފައިވާއިރު ފެއަރގައި ބައިވެރިކޮށްފައިވާ ގިނަ އީޖާދުތަކަކީ ދަރިވަރުންގެ އަމިއްލަ ވިސްނުމާއި ހުނަރުވެރިކަމާއިއެކު ނެރެފައިވާ އުފެއްދުންތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: