ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާން މަރާލުމުގައި ޝާމިިލުވާ މީހުންގެ އަދަދު އެނގޭ ހެކިވެސް އެބަހުރި: ފަރީޝާ

ޝެއާރކޮށްލާ ކަހަލަދޯ؟
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ކަރު ބުރިކޮއްލައި މަރާލުމުގައި ގިނަ ބަޔަކު ބައިވެރިވެފައިވާކަމަށް އެކަމުގައި ޝާމިލުވި މީހުންގެ މައުލޫމާތުތައް ދެނެގަނެ ހެކި ފެނިފައިވާކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.
މަރު ކޮމިޝަނުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އާއި މެދު ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ، ކޮމިޝަނުންވަނީ ރިލުވާނުގެ މަރުގެ ކަންކަން ގާތުން ދިރާސާކޮއްފައިކަމަށެވެ.
އެނާ ވިދާޅުވީ، ރިލުވާންވަނީ “ހަރުކަށި ފިކުރުގެ” މީހުންނާ، “ތަފާތު ހިޔާލުތަކުގެ” މީހުންނާއި ދެމެދު ހިނގި ކުރިމަތިލުމެއްގައި ބައިވެރިވެފައިކަމަށެވެ.
އެނާ އިޝާރާތްކުރެއްވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާޓިފިޝަލް ބީޗުގައި ބޭއްވި ހިމޭން މުޒާހަރާއަކަށެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި ކުއްތަކަށް އަރައިގަންނަ ގޭންގުތައްވެސް ބައިވެރިވެފައިވާކަމަށް ފަރީޝާ ވިދާޅުވިއެވެ. އެނާ ވިދާޅުވީ، އެ މުޒާހަރާގެ ތެރެއިން ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާ އިންތިޒާމު ކުރި މީހުންގެ ތެރެއިން މީހެއްގެ ބޮލުގައި ގަލަކުން ޖަހާ ފަޅާލިކަމަށެވެ.
އަދި އެ މަންޒަރު ފޮޓޯ ނެގި ނޫސްވެރިންނަށްވެސް އިންޒާރުތައް ދީ، ފަހުންވެސް ހަމަލާދޭނެ ކަމުގެ އިންޒާރުތައް ދިންކަމަށެވެ. އެފަދަ ކަންކަމަށް ފަހު ރާއްޖޭގައި “ހަރުކަށި ފިކުރުގެ” ބާރު އިތުރުވެގެންދިޔަކަމަށް އިޝާރާތްކުރައްވާ ފަރީޝާ ވިދާޅުވީ، އެމްޑީޕީއަކީ ލާދީނީ ޕާޓީއެއްގެ ގޮތުގައި ސިފަކޮއް ބޭއްވި މުޒަހަރާއަކަށްފަހު އެފަދަ މީހުންގެ ދައުރު ދިޔައީ ފުޅާވެގެންކަމަށެވެ.
އަދި ކުރީގެ އުނގޫފާރު ދާއިރާގެ މެމްބަރުވެސް މަރާލާފައިވަނީ ދީނާއި ހިލާފުކަންކަމަށް ހިތްވަރު ދޭ މީހެއްކަމަށް ޓެގުކޮއް ކަމަށް އެނާ ވިދާޅުވިއެވެ.
ފަރީޝާ ވަނީ ސޯޝަލް މީޑިއާގެ ތެރޭގައި މީސް މީހުންނަށް ބިރުދެއްކުން ފަދަ ކަންކަން އާންމުވަމުންދިޔަކަމަށް އިޝާރާތްކުރައްވާފައެވެ.
އެނާ ވިދާޅުވީ، އެކި ފިކުރުތަކުގެ މީހުންގެ ތެރޭގައި ކުރެވެމުންދިޔަ ބަހުސްތަކުގެ ތެރެއިން އިންޒާރުދީ ބިރުދެއްކުން ފަދަ ކަންކަން ހިނގާފައިވާކަމަށެވެ. އެގޮތުން ރިލުވާން ބޭނުން ކުރި ” މޮޔަ މީހާ” އައިޑީ ބޭނުންކުރާ ފަރާތެއް ހޯދުމަށް “ހަރުކަށި ފިކުރު”ގެ މީހުން މަސައްކަތް ކުރިކަމަށްވެސް އެނާ ވިދާޅުވިއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެކަން ކުރި މީހުން ސަލާމަތްކޮށްފަ އެހެން ބައެއްގެ ބޮލުގަ ތިއަޅުވަނީ. އެކަމުގެ އަޑީގަ ހުރީ ބޯންޖެހޭނެ ބޮވެންޖެހޭނޭ ކިޔާ މީހާއޭވެސް މީހުން ކިޔާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: