ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުތަކަށް އިންސާފު ހޯދައިދިނުމުގައި މާބޮޑަށް ލަސްވެއްޖެ: ރައީސް ސޯލިހު

ޔާމީން ރަޝީދާއި ރިޟްވާނަށް އިންސާފު ހޯދައިދޭން އެދި ގޮވާލައި ކުރިޔަށް ގެންދިޔަ ހިނގާލުމެއްގައި ރަައީސް ސޯލިހު/ ފޮޓޯ: އައިމަން ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އިންސާފު ހޯދައިދޭނެކަމަށް ވީ ވައުދު ފުއްދުމުގައި ލަސްތަކެއްވެފައިވާކަން ގަބޫލުކުރާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ ދުވަހު އެ މައްސަލަތައް ބެލުމަށް ވަކި ހާއްސަ ކޮމިޝަނެއް އުފައްދައި މަސައްކަތްތައް ކުރި ނަމަވެސް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ނަތީޖާއެއް ނެރެވިފައި ނުވާކަމުގެ ޝަކުވާތައް އެމްޑީޕީ ތެރޭގައި ވެސް އެބައޮތެވެ.

މަރު ކޮމިޝަނުން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަަލަތަކުގެ ތެރޭގައި ހިމެނޭ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވިއިރު ކުށް ސާބިތުވީ އެންމެ ދެ މީހެއްގެ މައްޗަށެވެ. އަދި އަނެއް ހަތަރު މީހުން ކޯޓުން ސަލާމާތްވީ އިޖުރާއީ ބޮޑެތި ގޯސްތަކާއި ހެދި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާދެއްވައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ވައުދުވީ ސްޕީޑާއި އެއްވަރަށް މަރުގެ މައްސަލަތަކަށް އިންސާފު ހޯދައިދިނުމުގައި ލަސްވެފައިވާ ކަމަށެވެ. މި މައްސަލަތައް ތަހުގީގު ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު، ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލައަކީ ވެސް ކޮމިޝަނުން ހާއްސަ އިސްކަމެއް ދީގެން ބަަލަމުންދާ އެއް މައްސަލަކަމަށް ރައީސް ވިދާޅުވި އެވެ. އެ ތަހުގީގަށް މިހާތަނަށް 200 މީހަކާއި ސުވާލުކޮށްފައިވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ، ތަހުގީގަށް ބޭރުގެ ފައިނޭންޝަލް އެކްސްޕާޓެއްގެ އެހީ ހޯދައި އެނަލައިޒޭޝަންތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ މެދެއްހާ ހިސާބުގައި ތަހުގީގު އެއްކޮށް ނިންމައި، ކޮމިޝަންގެ ހޯދުންތައް ހުށަހަޅާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހުކުމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ކުށް ސާބިތު ނުވި މީހުންގެ މައްސަލަތައް އިސްތިއުނާފު ކުރުމުގެ މަސައްކަތް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ފަށާފައިވާ ކަމަށެވެ.

“ޔާމީން ރަޝީދުގެ މައްސަލަ އޭރު ކޯޓުގައި އޮތުމުން، ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށް ކަނޑައަޅާފައިވާ ބައި، ކުރިއަށް ނުގެންދެވި އޮތް އޮތުން މިހާރު މިވަނީ ނިމިފައި. އަދި އެ މައްސަލައިގެ ތަހުގީގު ރިޔާސީ ކޮމިޝަނުން މިހާރު ކުރިއަށް އެބަ ގެންދޭ.” ރައީސް ސޯލިހު

ސަރުކާރަށް ތިން އަހަރުވީއިރު، ވެސް ރިޔާސީ ކޮމިޝަންތަކަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމަކީ މީޑިއާތަކާއި އަދި އެމްޑީޕީގެ މެމްބަރުން ވެސް މަޖިލީހުގެ ތަޅުމުގައި އެންމެ ހޫނުކޮށް ބަހުސް ކުރާ އެއް މައުޟޫއު އެވެ. އެ ބޭފުޅުން މިހާރު ގޮވާލަނީ ދައުލަތުގެ ބަޖެޓުން ކޮމިޝަނަށް ކުރާ ބޮޑެތި ހޭދަތައް ހުއްޓާލައި، ރިޔާސީ ކޮމިޝަންތައް އުވާލުމަށެވެ.

މަރު ކޮމިޝަން އެންމެ ފަހުން އެކްޓިވްވީ މިދިޔަ އޮގަސްޓު މަހު އެވެ. ރިޟްވާންގެ މައްސަލަ ބަލައި ތަހުގީގު ކުރުމަށް ހުރަސްއެޅުއްވިކަމަށް ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާޒިރުކޮށްފައި އެވެ. އޭގެ ކުރިން ރިޟްވާން ވަގަށްނެގިކަމަށް ބެލެވޭ ގޮތުގެ ކުޅެފައިވާ ވީޑިއޯއެއް މި އަހަރުގެ ޖުލައި މަހު އާއްމުކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: