ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭގެ ފާޑުކިއުން މިސްބާހުއަށް: ތީއީ ގޭމެއް، ރައީސް ޔާމީނަށް ތުހުމަތެއް ނެތްކަމަށް ސުއޫދު ވިދާޅުވި!

ޕީޕީއެމް ޕީއެންސި އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުކޮމިޝަނުން ނެރުނު ރިޕޯޓަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ނެރުނު ރިޕޯޓެއް ނޫންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅު ވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ މަރުކޮމިޝަނުން އެކުލަވާލި ރިޕޯޓް ޕީޕިއެމް ޕީއެންސީ އިން ބަލައި ނުގަންނަ ކަމަށެވެ.

މަރު ކޮމިޝަނުން ދެއްކި ވާހަކަތަކަކީ އޭގައި އެއްވެސް ހަގީގަތެއް އެކުލެވޭ ކަމެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިނިވަން ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ތަހުގީގު ކޮށް ބަލާފައި އޮތް މައްސަލައެއް ކަމަށެވެ. އޭގެ ފަހުން މި ސަރުކާރުން ވެރިކަމަށް އައިސް ފުރަތަމަ އެކުލަވާލި ކޮމިޝަނުން އެ މައްސަލަ ބެއްލެވިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މި ސަރުކާރުން ރިޟްވާންގެ މައްސަލައިގައި އޭރު އެކުލަވާލި ކޮމިޝަނުން ރިޕޯޓެއް ނެރުނު ކަމަށެވެ.

އޭރު އެ ކޮމިޝަންގެ ރައީސް، އަދި މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު އާ ރިޟްވާންގެ މައްސަލަ އާއި ރައީސް ޔާމީން އާ އެއްވެސް ގުޅުމެއް ވޭތޯ ނޫސްވެރިއަކު ސުވާލު ކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ސުވާލުގެ ޖަވާބުގައި އެ މައްސަލަ އާއި ރައީސް ޔާމީނާއި ގުޅޭގޮތުން އެއްވެސް ހެއްކެއް ލިބިފައިނެތް ކަމަށްވެސް ހުސްނުއްސުއޫދު އޭރު ވިދާޅުވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެގޮތަށް އެރިޕޯޓް ނިމިގެން ދިއުމުން މިއަދާ ހަމައަށް އައި އިރުގައި އެވާހަކަ ނުދައްކާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 03 ވަނަ ދުވަހު، ގަރާރެއް ނެރުއްވައި އަލުން ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ބޭނުންވާ ބަޔަކު ލައިގެން މަރު ކޮމިޝަނު އެކުލަވާލެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން މަރު ކޮމިޝަންގެ ރައީސާ އަކަށް ހުންނަވާ ބޭފުޅަކީ އެގޮތުން ލެވުނު ބޭފުޅެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ފަރީޝާ އާއި އެކު މި ކޮމިޝަނުގެ މަސައްކަތްތައް ފެށިގެން ދިޔައީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ މިސަރުކާރުން ވެރިކަމަށް އަންނަން ވެގެން އެންމެ ބާރުލާފައި ދެއްކި އެއް ވާހަކައަކީ، ރިޟްވާނާއި ޔާމީން ރަޝީދުގެ މަރުގެ ވާހަކަ. 48 ގަޑިއިރު ތެރޭގައި އެކަން ރައްޔިތުންނަށް ތަފްސީލު ކޮށްދޭނެ ކަމާއި އެމީހުންނަށް އިންސާފު ހޯދައިދޭނެ ވާހަކަ ދައްކަމުން އައީ. އައިސްގެން އެންމެ ފުރަތަމަ މިއާ ދޭތެރޭގައި އެއްޗެއް މި މީހުންނަށް ބުނެވޭ ވަރުވީ މި މީހުން އެކުލަވާލި މަރުކޮމިޝަނުން މިދެންނެވި ތާރީހުގައި. އެއީ 01 ސެޕްޓެމްބަރު 2019 ގައި. އެދުވަހު މިމީހުން ބޭނުންވާ ގޮތަކަށް މިއަކަށް ނަތީޖާއެއް ނުގެނެވުނު. ނުގެނެވުނީމަ މިއަދާ ހަމައަށް އައިއިރު މީގެ ވާހަކަ ނުދައްކާ މިތިބީ.

އަބްދުއްރަހީމް ވިދާޅުވީ އެ ކޮމިޝަނަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ބާރު ލިބިގެން ރައީސް ސާލިހު އެކުލަވާލާފައި އޮތް ސިޔާސީ ކޮމިޝަނެއް ކަމަށެވެ. އެ ކޮމިޝަނުން ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަ ތަކެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ މިއަދު ވާހަކަ ދެއްކެވި ބޭފުޅެއް މިސްބާހު ކިޔާ ބޭފުޅެއް. މީނަ އަކީ ފެށުނީއްސުރެ ޒާތީ ގޮތުން ރައީސް ޔާމީން އާއި ޖައްސާލާފަ ހުންނަ ބޭފުޅެއް. ޖައްސާލާފަ ރައީސް ޔާމީން އަށް އެކި ކަހަލަ ގޯނާ ކުރުމާއި ދުއްތުރާ ކުރުމާއި ރައީސް ޔާމީންގެ އަބުރު ކަތިލުމާއި މިހުރިހާ ކަމެއް ކުރުމުގައި އަރާހުރި މީހެއް މީނަ އަކީ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި 2001 އިން 2003 އަށް މިދުވަސްވަރު ސީރިޔާގައި ތަމްރީނު ހަދާފައި ހުރި ބޭފުޅެއް ކަމަށްވެސް މައުލޫމާތު ލިބެމުންއެބަދޭ އަޅުގަނޑުމެންނަށް. ހަމަ ހަގީގަތަށް މިދެންނެވީ އިނގޭތޯ. އެހެންވީމަ ސިޔާސީ ވާހަކަ ތަކެއް މިމީހުން މި ދައްކަވަނީ. ވެގެން މިއުޅޭ ގޮތަކީ އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން ތިން ކަމެއް. އެއް ކަމަކީ ރައީސް ޔާމީން އަކީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް. އަދި އޭގެ އިތުރަށް އެއީ ދިވެހި ރައްޔިތުންގެ ރިޔާސީ ކެންޑިޑޭޓް. އެހެންވީމަ އެމަނިކުފާނުގެ އަބުރު ކަތިލުން އެއީ އެއްބޭނުުން. އަނެއް ބޭނުމަކީ މިސަރުކާރަށް ތާއީދެއް ނެތްކަން ޔަގީންވެ މިސަރުކާރަށް ރައްޔިތުން  އިތުބާރު ނުކުރާކަން އެނގި ދެވަނަ ދައުރެއް ނުލިބޭނެ ކަން ޔަގީން ވީމަ ދެން އަނެއްކާވެސް ކުރެވުނު ގޮތަކުން ރައީސް ޔާމީނަށް ދުއްތުރާކުރުން މައިގަނޑު ބޭނުމަކީ. ހަމަ އެއާއެކީގައި ރައީސް ޔާމީންގެ ޝަރީއަތެއް މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަދޭ. އެއަށް ޕްރެޝަރ ކުރުން ވެސް މިއަދު މި ނޫސްކޮންފަރެންސް ބާއްވާ މައިގަނޑު އެއް ސަބަބު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

އަބްދުއްރަހީމް ވިދާޅުވީ މަރުކޮމިޝަނުން ދެއްކި ވާހަކަ ތަކާއި ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބަޔާނެއް ނެރެފައިވާ ކަމަށެވެ. އެ ބަޔާނުގައި މިސްބާހުގެ މައްޗަށް ދައުވާ ކުރާނެ ވާހަކަ ހާމަކޮށްފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: