ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ އަގު މައްޗަށް ދިއުން ހައްލުކޮއްދެވެން އޮތްކަމަށް އެމްއެމްއޭގެ ގަވަނަރަށް ވިދާޅެއްނުވެވުނު: އާދަމް ޝަރީފް

އިދިކޮޅުން އެމްއެމްއޭގެ ގަވަނަރާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި މައުލޫމާތު ހިއްސާކުރަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) ގެ ގަވަނަރު އަލީ ހާޝިމް އާއި އެކު ކުރިއަށް ގެންދެވި ބައްދަލުވުމުން، ޑޮލަރުގެ އަގުތައް މައްޗަށް ދާ މައްސަލަ އަދި ކަޅު ބާޒާރުގެ މައްސަލައަށް ހައްލެން ލިބެން ނެތްކަން ފާހަގަކުރެއްވުނުކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން އެމްއެމްއޭގެ ގަވަނަރާއި އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ނިންމަވާލައްވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ޑޮލަރު ލިބުމުގައި ހުރި ދަތިތައް އަދި އަގުތައް އުފުލިގޮސްފައިވުމަކީ މިއަދު ދިވެހި ރައްޔިތުން އެންމެ ކަންބޮޑުވާ އެއް މައްސަލަ ކަމަށެވެ. އަދި ކުރިއަށް އޮތީ ސުކޫލު ބަންދު ދުވަސްތަކެއްގެ އިތުރުން އުމްރާއަށް ދިއުން ފަދަ ކަންކަންކަމަށްވުމުން ޑޮލަރުގެ ތާށިކަންވަނީ އިތުރުވެފައިކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އިދިކޮޅުންވަނީ މި މައްސަލައިގައި ހައްލެއް ލިބިގެންދާނެތޯ އެމްއެމްއޭގެ ގަވަނަރާ ސުވާލުކޮއްފައިކަމަށެވެ. އެހެންނަމަވެސް ގަވަނަރުގެ ވާހަކަތައް ބައްޓަން ކުރެވިފައި ހުރި ގޮތުން ހައްލެއް ލިބިގެންދާނެކަމަށް ނުބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ. އެެހެންކަމުން ކުރިއަށް އޮތީ ޑޮލަރުގެ އަގުތައް އިތުރަށް މައްޗަށްގޮސް ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެގެންދާނެ ދުވަސްތަކެއްކަމަށް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ފެންމަތިވަމުންދާ ކަންކަމާއިމެދު ފުންކޮއް ވިސްނުމަށްފަހު ރައްޔިތުން ގޮތްތަކެއް ނިންމަންޖެހޭކަމަށެވެ. އަދި ޑޮލަރުގެ ބޭނުން ދިވެހިރައްޔިތުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް ޖެހޭކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، މި ސަރުކާރުގެ ދައުުރު ނިމުމާއި ހިސާބަށް އައި އިރުވެސް އެ މައްސަލައަށް ހައްލެއް ގެނެވިފައިނުވާކަމަށެވެ. އެހެންކަމުން މި ސަރުކާރުވަނީ އެންމެ ބޮޑަށް ސަރުކާރެއް ފެއިލްވާނެ ވަރަކަށް ފެއިލްވެފައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު އޮތީ ނުރައްކާތެރި ހާލަތެއްގައިކަމަށް އިޝާރާތްކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އިގްތިސާދަށް ނުރައްކާވާ ވަރަކަށް ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެންދާނެކަމަށެވެ. އަދި އެއީ ގުޅިފައިވާ ދެ ކަން ކަމަށާއި ރާއްޖެއަށް ބޭރު ގައުމުތަކުގެ ނުފޫޒު އިންތިހާއަށް ކުރާކަން އެނގިލައްވާކަމަށާއި ލޯނުތަކުގެ ސަަބަބުން ރާއްޖެވަނީ އަޅުވެތިކަމުގެ ތެރެއަށް ވެއްޓިފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: