ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނާއި ގޭންގުތަކާއި ގުޅުމެއް ނެތް، ފަންޑު ކުރަން ޖެހޭ ސަބަބެއް ނެތް: އިދިކޮޅު

ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުކޮމިޝަނުން ގޭންގު ތަކާއި ކުރީގެ ރައީސް ޔާމީން އާ ގުޅުވައިގެން ދެއްކި ވާހަކަ އަކީ އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ ރާއްޖޭގައި އެންޓި ޓެރަރިޒަމް ބަލާ ތަނެއް ސިފަައިންގެ ތެރޭގައި އޮންނަ ކަމަށެވެ. އެތަނުން ނެރުނު ޓެރަރިސްޓް ޖަމާއަތް ތަކުގެ ލިސްޓްގައި ތިބީ ކޮންކޮން ބައެއްކަން އެނގޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް އުފެދުނީއްސުރެން ގޭންގުންގެ ވާހަކަ އަކީ އެމްޑީޕީ އިން ދައްކާ ވާހަކައެއް ކަމަށް ޝުޖާ ވިދާޅުވިއެވެ. ގޭންގުތައް އުޅެނީ ޕީޕީއެމްގައި ކަމަށް އެމްޑީޕީ އިން ބުނަމުންދާ ކަމުގައި ޝުޖާއު ވިދާޅުވިއެވެ.

ކޮންމެ ސަރުކާރެއްގައިވެސް އުފެދިފައި އޮންނަ ކްލަބު ޖަމުއިއްޔާ ތަކަށް އޮންނަ އުސޫލެއްގެ ތެރެއިން އެހީތެރިކަން ސަރުކާރުގެ ކުންފުނިތަކުން ފޯރުކޮށްދޭނެ ކަމަށާއި އެކަން މިހާރުގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭނަގެ އައުވާނުންނާއި އޭނަގެ މިނިސްޓަރުންނާއި އޭނަގެ ގާތްތިމާގެ މީހުންނާއި ހުރިހާ އެންމެންވެސް ހަމަ ކްލަބު ޖަމުއިއްޔާ ތަކުގެ ބޭފުޅުންނާއި އެކީ ކޮފީ ބައްލަވަން ތިއްބަވާކަން އިބްރާޙިމް މުހައްމަދު ސާލިހަށް އެނގި ވަޑައިގަންނަވާނެ. މިއީ އަޅުގަނޑު މިއަދު އުފައްދާ ސުވާލު. ދިވެހިރާއްޖޭގެ ޓެރަރިޒަމާއި ހަރުކަށި ފިކުރާއި އަނެއް ފިކުރާއި މިކުރާ ހުރިހާ ކަމަކާ ދެކޮޅަށް އުޅޭއިރު ދިވެހިރާއްޖޭގެ ފުރަމާލޭގައި މިތިބަ ގޭންގުތަކަކީ ކޮބައިކަން އެބަޖެހޭ މިއަދުގެ ސަރުކާރުން ބުނެދޭން އެބަޖެހޭ އެއީ ކޮން ބައެއްކަން. އޭރަށްތާ އިނގޭނީ ކޮބައިކަން ގޭންގަކަށް ނިސްބަތްވާ މީހަކީ ގޭންގު ލީޑަރަކީ.

ހަރުކަށި ފިކުރަކީ ޕީޕީއެމް އިން ތާއީދު ކުރާ ކަމެއް ނޫން ކަމަށް ޝުުޖާއު ވިދާޅުވިއެވެ. ހަރުކަށި ފިކުރާއި ގުޅޭ އަމަލުތަކާއި ހަރަކާތްތަކުގައި ޕީޕީއެމްއިން ބައިވެރި ނުވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ހަރުކަށި ކޮންމެ ފިކުރެއް ނުވަތަ ހަރުކަށި ކޮންމެ ފިކުރެއް ހުންނަ މީހަކީ ތުނބުޅިއެއް ހުންނަ މީހެއް ކަމުގައި ވާނަމަ މިސާލަކަށް މިސްބާހުއަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިއަދު ޖެހިގެން މިއުޅެނީ ކޮން މައްސަލައެއް ކަން ނޫސްވެރިންނަށް ރަނގަަޅަށް އެނގޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ކުއްލިއަކަށް އިއްޔެ ރައީސް އޮފީސް ތެރޭގައި ނޫސްވެރިންގެ ބައްދަލުވެއް ބާއްވާފައި މަރު ކޮމިޝަންގެ ރިޕޯޓް ނެރެން ޖެހިގެން އުޅެނީ ޕީޕީއެމް އިން ވޭތުވެދިޔަ ދެދުވަހު ދެއްކި ވާހަކަ އަކާއި ގުޅިގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ ދެދުވަހު ދެއްކީ ތަނބެއް އަޅަން އުޅުމުގެ ތެރޭގައި ކެރޭނެއް ވެއްޓުނު ވާހަކައާއި ތިލަމާލެ ބްރިޖް ނޭޅޭ ވާހަކަ އާއި އެކަމަކީ ބޮޑުވެގެންވާ ވޭނެއް ކަމުގެ ވާހަކައާއި އެކަމުގެ ތެރޭގައި ބައިވަރު ވައްކަން ކުރާ ވާހަކަ އާއި ސަރުކާރުގެ އެންމެ މަތިން ތިރިއަށް ބްރިޖު މަޝްރޫއު މެދުވެރިކޮށް ލާރިނަގައިފައިވާ ވާހަކަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ބުރިޖް އަވަސް ކުރަން ލާރި ނަގައިފައިވާ ކަމަށާއި ބުރިޖް ނޭޅޭ ވާހަކަ ޕީޕީއެމް އިން ދެއްކުމުން މިސަރުކާރުން މަރުކޮމިޝަންގެ ރިޕޯޓްގައި ރައީސް ޔާމީންގެ ވާހަކަ ހިމެނީ ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމްގެ ލީޑަރޝިޕް އިން އެމްއެމްއޭ އަށް ދިޔަކަމަށާއި އެކަމާއި ގުޅިގެން އެކަމުގެ އުނދަގޫ ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އަށް ކުރިމަތިވެފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު ހުރީ އިސްތިއުފާ ދޭންޖެހޭ ހާލަތުގައި ކަމަށެވެ. ގަވަރުނަރަށް ގައުމުގެ ހާލަތު ނޭނގޭ ކަމަށާއި ގައުމުގެ ދަރަނީގެ ހާލަތު ނޭނގޭ ކަމަށާއި ފައިސާ ޗާޕް ކުރެވުނު ވަރު އޭނާ އަށް ނޭނގޭ ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާ އަންގާ ގޮތަކަށް ގަވަރުނަރު ކަން ކުރާއިރު އޭނަ ހުރީ ބިރުން ފިއްކަނޑައިގެން ގޮސްފައިކަަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މަރުކޮމިޝަނުގެ ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: