ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުކޮމިޝަންގެ ރިޕޯޓާއެކު ޔަގީންވެގެން ދިޔައީ ރައީސް ޔާމީނަށް ހުކުން ޖެހޭނެ ދޮރުތައް ބަންދުވިކަން: މުބީން

ބިލަތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީން / ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރު ކޮމިޝަނުން ނެރުނު ރިޕޯޓާއެކު ދިވެހި ރައްޔިތުންނަށް ޔަގީންކުރެވިގެން  ދިޔައީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވަން ރާވަމުން ގެންދިޔަ ނުހައްގު ހުކުމް ޖެހޭނެ އެއްވެސް މަގެއް ނެތި ދޮރު ބަންދުވެގެން ދިޔަ ކަމަށް ބިލަތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން ބޭއްވި ޖަލްސާގައި މުބީން ވިދާޅުވީ މަރު ކޮމިޝަނުގެ ރިޕޯޓް ދީލާލަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ހުރިހާ ދޮރެއް ބަންދުވެ ހުރިހާ ހެކިތަކަކާއި ނެގެންހުރި ހުރިހާ ފައިދާއެއް ނަގައިގެން ރައީސް ޔާމީނަށް ކުރަން އުޅުނު ހުކުމް ފަނުފުލުން ދިޔައީ ކަމަށެވެ. އެހެންކަމުން އިތުރު ގޮތްތަކެއް ރާވައިގެން އަނެއްކާވެސް ރައީސް ޔާމީންގެ ބޮލުގައި ކޮންމެވެސް ކަމެއް އަޅުވަން މިސަރުކާރަށް ޖެހުނީ ކަމަށް މުބީން ވިދާޅުވިއެވެ.

ކޮންމެ އިންތިހާބަކާއި ދިމާކޮށް ކޮންމެވެސް މަރުތަކެއް ޕީޕީއެމްގެ ބޮލުގައި ހާއްސަ ކޮށް ރައީސް ޔާމީންގެ ބޮލުގައި އަޅުއްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކީ ސިޔާސީ ނާޖައިޒު ފައިދާ ނަގަން އަބަދުވެސް އެމްޑީޕީ އިން ކުރަމުންދާ ކަމެއް ކަމަށް މުބީން ވިދާޅުވިއެވެ.

މަރުކޮމިޝަނުގެ ރިޕޯޓްގައި މީގެ ކުރިން މަރުކޮމިޝަންގެ ރައީސް އަކަށް ހުންނެވި ހުސްނުއްސުއޫދު ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށް މުބީން ވިދާޅުވިއެވެ. ހުސްނުއްސުއޫދު ވިދާޅުވި ވާހަކައަކީ ވަރަށް ސާފުކޮށް ދިވެހި ރައްޔިތުން އަޑު އަހަން ތިއްބާ ދެއްކި ވާހަކައެއް ކަމަށް މުބީން ވިދާޅުވިއެވެ.

މަރު ކޮމިޝަނުން އޭރު އެކުލަވާލި ރިޕޯޓްގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭނެ އަދި ޝަރީއަތް ހިންގޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވަރަށް ތަފްސީލުކޮށް އޭރު ބަޔާންކޮށްފައިވާ ކަމަށް މުބީން ވިދާޅުވިއެވެ، ނަމަވެސް ފަހުން އެކުލަވާލި މަރުކޮމިޝަނުން އިތުރަށް ހޯދީ ކޮންކަމެއް ތޯ އާއި ހޯދިކަމެއް ބުނެ ނުދެވުނު ކަމަށް މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގައި ޝާމިލުވާ ހުރިހާ އެންމެން މިހާރު މަރުވެ ގޮސްފައިވާ ކަމަށް މަރުކޮމިޝަންގެ ރިޕޯޓްގައިވާ ކަމަށެވެ. އެހެންކަމުން އެވާހަކަ އަހާލާނެ އިތުރު މީހަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މުބީން ވިދާޅުވީ މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ މުޅި ވާހަކަ އެއްކޮށް ގޮސް ނިމުނީ ރައީސް ޔާމީން އާއި ހަމައިން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރައްޔިތުންނަށާއި އެމްޑީޕީގެ މެމްބަރުންނަށާއި މި ސަރުކާރަށް ތާއީދު ކުރާ މީހުންނަށްވެސް މިސަރުކާރުން ކުރަނީ ތާކުންތާކު ނުޖެހޭ ކަންތައްތައްކަން ސާފުވެގެންދާ ކަމަށް މުބީން ވިދާޅުވިއެވެ.

މިގައުމު މިވަނީ ވަރަށް ބޮޑަށް އަޅުވެތިވެ ގޮސްފައި ކަމަށާއި ގައުމު އަޅުވެތިކަމުން ސަލާމަތް ކުރަންތިބި ހަމައެކަނި ބަޔަކީ ގައުމުގެ ޒުވާނުން ކަމަށް  މުބީން ވިދާޅުވިއެވެ.

މި ގައުމުގެ ޒުވާނުން ކުރިއަށް މިއޮތް އިންތިހާބުގައި ނުކުމެ މިގައުމު ސަލާމަތް ކުރަން ނުނުމެއްޖެ ނަމަ މިގައުމު އެހިސާބުން ގެއްލި އެއްކޮށް ދިޔައީ ކަމަށް މުބީން  ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ ވެދާނެ މިތާނގައި  ޕީޕީއެމް ބަޔަކު އެއްވެ ތިބެގެން ގައުމު ސަލާމަތް ކުރަނީއޭ ބުނަން އަދި ކޮންވާހަކައެއް ހޭ މިދައްކަނީ ބުނަން. މި ދައްކަނީ ވަރަށް ޖާއިޒު ވާހަކަތަކެއް. އަޅުގަނޑުމެން މި ކިޔަނީ މިގައުމު މިތާ ކައިރީގައި މިއޮތް އާދައިގެ ގައުމެއް މާބޮޑު ގައުމަކަށް ވެގެން މިއުޅެނީ މީ އާދައިގެ ބައެއް. އަޅުގަނޑުމެންނަށް ފިޔާ ބިސް އަލުވި ދައްކާފައި އަޅުގަނޑުމެން އަޅުވެތިކުރަން މަސައްކަތް ކުރާ ގައުމެއްގެ ވާހަކަ މިދައްކަނީ. މިއީ ބައެއް ނޫނޭ މިއީކީ. ތަންތަން ތަރައްގީ ކުރަން ބޭނުންވާ ކަމަށް ވާނަމަ ފުރަތަމަ އަމިއްލަ ގައުމު ތަރައްގީ ކުރަންވީނު ފުރަތަމަ އަޅުގަނޑުމެން ގައުމު އޮތް ގޮތަށް ބާއްވާފަ.

މުބީން ވިދާޅުވީ އެބޭފުޅުންގެ އެޖެންޑާ ރާވާލާފައި އޮތީ ހިތަށް ވެސް ނާރާ ފަދަ ގޮތަކަށެވެ.

އެބޭފުޅުން ބޭނުންވާ މިންގަނޑަށް ކަވަރު ކުރުމަށް ދިވެހި ރާއްޖެ ހަތަރު ދިމާލަކަށް ބަހާލާފައިވާ ކަމަށް ވިދާޅުވިއެވެ. އެންމެ އުތުރުން ހަނިމާދޫގައި ބޭސްވެގެން ތިބި ކަމަށް މުބީން ވިދާޅުވިއެވެ. އެއަށްފަހު އުތުރު ތިލަފަޅުގައާއި މެދުތެރެއިން ގޮސް ލާމު އަތޮޅުގައި ބޭސްވެގެން ތިބިކަމަށް އޭނާ ވިދާޅުވިއެވެ. އެއަށްފަހު އައްޑޫ އަތޮޅުގައި ތިބި ކަމަށް މުބީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: