ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ބައިސާ ކަނޑައިގެން: ޑރ ހަލީލް

ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ އަބްދުﷲ ހަލީލް / ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ސާލިހު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގެ ރައްޔިތުންނަށް ފޮނި ކަނޑައި ބައިސާ ކަނޑައިގެން ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ އަބްދުﷲ ހަލީލް ވިދާޅެވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ މި ސަރުކާރުން ރިޔާސީ ކެމްޕޭންގައި  އެންމެ މުހިއްމު އެއް ވައުދެއްގެ ގޮތުގައި ވިދާޅުވި އެއް ވާހަކަ އަކީ ރައްޔިތުންގެ ޖީބަށް ޑޮލަރު ލާނެ ވާހަކަ ކަމަށެވެ.

މަސްވެރިންގެ ޖީބަށާއި ރައްޔިތުންގެ ޖީބަށް ޑޮލަރު އަޅާނެ ވާހަކަ ރައީސް ސާލިހު 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި ދެއްކެވި ކަމަށް ހަލީލް ވިދާޅުވިއެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން  މި ސަރުކާރުން ރައްޔިތުންގެ ޖީބުގައި ހުރި ރުފިޔާ ކޮޅާއި ޑޮލަރުކޮޅެއް ނަގަން ދިމާކޮށްފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން އަބްދުﷲ ގެ މަރުގެ ހަގީގަތް ހޯދާނެ ކަމަށް ވިދާޅުވިކަމަށެވެ. އެގޮތުން ރައީސް ސާލިހުގެ ރިޔާސީ ކެމްޕޭންގެ ތެރޭގައި ރިޟްވާންގެ މަރުގެ ހަގީގަތް ހޯދާނެ ވާހަކަ ބުނެފައިވާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ރައީސް ސާލިހަށް އެއްދުވަސް ފުރިހަމަވެގެން ދިޔައީ ދިވެހި ރައްޔިތުންނަށް 1490 ދުވަސް ވީފަހުން ކަމަށެވެ. އެކަމާ އަޖައިބު ނުވާ ކަމަށް ވިދާޅުވަމުން ހަލީލު އިތުރަށް ވިދާޅުވީ ސަތޭކަ ދުވަހުގެ ވައުދުގެ ގޮތުގައި ބަންދު ދުވަހެއް ނުހިމަނައި ސަތޭކަ ދުވަސް ގުނާ ކަމަށް ވިދާޅުވިކަމަށެވެ.

ސަތޭކަ ދުވަސް ގުނާ ގޮތާއި ގުޅިގެން ނޫހެއްގައި އާއްމު ފަރާތުން ކުރި ކޮމެންޓްގައި ސަތޭކަ ދުވަސް ގުނަން ފެންނަނީ ސަރުކާރުން މަސައްކަތް ކުރާ ވަގުތަށް ބަލައިގެން ކަމަށް ބުނެފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ. އެހެން ކަމުން ރައީސް ސާލިހުގެ 100 ދުވަހުގެ ވައުުދު ފުރިހަމަވީ ތިން ހަތަރު އަހަރު ފަހުން ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މިސަރުކާރުގެ ބޭފުޅުންނާއި ވިސްނުމުގައި ތަފާތު ތަކެއް ހުންނާނެ ކަމަށެވެ. އަދި އެކަމަކީ ޕީޕީއެމްގެ މެމްބަރުން ދަންނަ ކަމެއް ކަމަށް ހަލީލް ފާހަގަ ކުރެއްވިއެވެ.

2013 ވަނަ އަހަރު ރައީސް ޔާމީންގެ ކެމްޕޭންގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރިޔާސަތަށް ކުރިމަތިލައްވަނީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަމަށް ކެމްޕޭން ދުވަސްވަރު ރައީސް ޔާމީން ވިދާޅުވި ކަމަށް ހަލީލް ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ރިޔާސީ ކެމްޕޭންގައި އެމަނިކުފާނަކީ ޒުވާނުން ޖޫރިމަނާ ކޮށްގެން ދިވެހި ދައުލަތް ހިންގާނެ ބޭފުޅަކަށް ނުވާނެ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް މިއަދު ފެނިގެންދަނީ ކޮންމެ މަހެއްގައި އެެތައް މިލިއަނަކުން ޖޫރިމަނާގެ ފައިސާ ނަގަމުންދާ މަންޒަރު ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ރައީސް ޔާމީން ވަޑައިގަތީ މައްސަލަތައް ހައްލު ކުރަން ކަމަށާއި ނަމަވެސް މިސަރުކާރުން ވެރިކަމަށް ވަޑައިގަތީ ފޮނި ކަނޑައިގެން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ބޮލަށް ސަވާރުވެގެން އައި ބަޔަކަށް އުޅެނީ ވެރިކަން ނުކުރެވިގެން ކަމަށް ހަލީލް ވިދާޅުވިއެވެ.

މި ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް ހަލީލް ވިދާޅުވިއެވެ. އެގޮތުން މަރުކޮމިޝަންގެ ރިޕޯޓަށް ބަލައިލުމުން ފެނި އަޑުއިވިގެން ދިޔަ އެއް ވާހަކަ އަކީ ގޭންގު ތަކެއްގެ ވާހަކަ ކަމަށް ހަލީލް ވިދާޅުވިއެވެ.

ރައީސް ޔާމީން ގޭންގްތައް ދެކެވަޑައިގަތީ ކުށްވެރިންގެ ގޮތުގައި  ނޫން ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވީ އެމަނިކުފާނުގެ ސަރުކާރުން ބޭނުންވީ އެމީހުންނަކީ ބޭނުންތެރި ބަޔަކަށް ހަދަން ކަމަށް ހަލީލް ވިދާޅުވިއެވެ. އެކަމަށްޓަކައި އެކި އެކި ދާއިރާ ތަކުން ކޯސްތައް ތައާރަފް ކޮށްދެއްވި ކަމަށް ހަލީލް ވިދާޅުވިއެވެ. އޭގެ ތެރޭގައި ޓެކްނިކަލް ދާއިރާތަކުގެ ކޯސްތަކާއި އަރައިގެން އަންނަ ޒުވާނުންނާއި ސްކޫލްތަކުގައި ބީޓެކް ކޯސްތައް ތައާރަފްކޮށްދީ ދަސްވާރު ޕްރޮގްރާމްތައް ތައާރަފް ކުރުން ހިމެނޭ ކަމަށް ހަލީލް ވިދާޅުވިއެވެ.

ގައުމު ބިނާ ކުރުމަށްޓަކައި ރައީސް ޔާމީން ކުރެއްވި މުހިއްމު މަސައްކަތްތައް ކުރެއްވި ކަމަށް ހަލީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ 5 އަހަރަށް ވުރެ ރާއްޖޭގައި ކުށްމަދު ފަސް އަހަރު މިފަހުގެ ތާރީހުގައި ދެކެފައިނުވާ ކަމަށް ހަލީލް ވިދާޅުވިއެވެ. އެކަމުގެ ސަބަބަކީ  ގޭންގު ތަކުގައި ތިބި ކުދިންނަކީވެސް ކުށްވެރިންގެ ގޮތުގައި ހަދައިގެން ނުވާނެ ކަމަށް  ރައީސް ޔާމީން ދެކެވަޑައިގެން  އެމީހުންވެސް މުޖުތަމައު އަށް ނެރުމަށް އެކިއެކި ގޮތްގޮތުން ވަސީލަތްތައް ފޯރުކޮށްދީގެން އެމީހުންނަކީ މުޖުތަމައުގެ ތެރޭގައި މުހިއްމު ބައެއްގެ ގޮތުގައި ބެއްލެވީމަ ކަމަށް ހަލީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: