ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެވެށިި އަނިޔާ ހުއްޓުވުމަށް ދިރާގުން ވޯކްޝޮޕެއް ބާއްވައިިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގާއި ހޯޕްފޯ ވިމެން ޖަމްއިއްޔާ ގުޅިގެން ބައިނަލްއަގްވާމީ 16 ޑޭސް އޮފް އެކްޓިވިޒަމް ކެމްޕެއިން ފާހަގަކުރުމުގެ ގޮތުން ޖެންޑާ އެޑްވޮކެސީ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

ސީއެސްއޯސަކާއި އެސްއޯއީ ތަކުގެ މުވައްޒަފުންނާއި އާއްމުންނަށް އަމާޒުކޮށްގެން ކުރިއަށް ދިޔަ ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ އަންހެނުންނަށް ކުރާ އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލުމާއި ގެވެށި އަނިޔާގެ މިންތީގެ ގޮތުން ދެވޭ އަނިޔާ ހުއްޓުވުމަށް އެއްބާރުލުން ދިނުމެވެ. އެގޮތުން ޖެންޑާ ކޮންސެޕްޓްތަކާއި ޖެންޑާ މެއިންސްޓްރީމިންގ އާއި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ އިތުރުން މިންތީގެ ތަފާތު ކުރުމާއި ދެކޮޅަށް ޗަޖާލާތު ކުރުމުގެ ހަރުދަނާ ގޮތްތަކާއި ހޭލުންތެރިކަން އިތުރުކޮށް ގައުމީ ފެންވަރުގައި ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.

ހޯޕް ފޯ ވިމެން ގެ ޗެއަރޕާސަން އަހުމަދު އަންވަރު ވަނީ އެ ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ގުޅިގެން ދިރާގުން ކުރި މަސައްކަތަށް ޝުކުރު އަދާ ކޮށްފައެވެ. އަންވަރު ވިދާޅުވީ އޮފީސްތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން އާއްމުންވެސް މުޖުތަމައުގައި ހިނގާ މިންތީގެ ތަފާތުކުރުމާއި މައްސަލަތަކާއިބެހޭ ގޮތުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވެ އެކަންކަން ހައްލުކުރުމަށް ވަކާލާތު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ދިރާރުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ހޯޕްފޯ ވިމެން އާ އެކު ޖެންޑާ އެޑްވޮކެސީ ވޯކްޝޮޕަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ހޯޕް ފޯ ވިމެން އަކީ 2010 ވަނަ އަހަރުން ފެށިގެން އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާތައް ހުއްޓުވައި މިންތީގެ ހަމަހަމަކަމާއި އާއްމު ދިރިއުޅުމުގައި އަންހެނުން ބާރުވެރިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: