ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު ހިޔާނާތުގައި ބައިވެރިވި ބަޔަކު އެކަން ތަހުގީގެއް ނުކުރާނެ: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރުގެ ހިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތަކަކުން އެ މައްސަލައިގެ ތަހުގީގުތައް ކުރިއަށް ނުގެންދާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ރައީސް ސާލިހުގެ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވާ، ސައީދުވަނީ މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމުގެ ޒިންމާ ރައީސް ސާލިހު ނަންގަވަން ނުޖެހޭނެކަމަށް މަޝްރަހު ދިރާސާ ކުރާ އެއްވެސް ބަޔަކު ނުބުނާނެކަމަށް ވިދާޅުވެފައެވެ.

އެނާ ވިދާޅުވީ، މި ފަހުގެ ތާރީހެއްގައި އެންމެ ގިނަ ރޭޕް ކޭސްތަކުގެ މައްސަލަ ފެންމަތިވެފައިވަނީ މި ވެރިކަމުގައިކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުންވަނީ ރޭޕިސްޓުން ފޮރުވައިފައިކަން އެންމެން ދަންނާނެކަމަށެވެ. އަދި ނޫސް ޗެނަލްތަކުގެ އާރކައިވްތައް ބެލުމުން އެކަން ސާފުވާނެކަމަށާއި މި ސަރުކާރުންވަނީ ރޭޕިސްޓުންނަށް ހިމާޔަތް ދީފައިކަމަށް ސައީދު ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ސަރުކާރުން ގެންދަނީ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތައްވެސް ހިމާޔަތްކުރަމުންކަމަށެވެ. އަދި ވެންޓިލޭޓަރުގެ ވައްކަމަކީ ފާޅުކަން ބޮޑުގޮތެއްގައި ކޮއްފައިވާ ވައްކަމެއް ކަމަށާއި އެކަމުގައި ބައިވެރިވުމެއް އޮތް ބަޔަކު އެކަން ތަހުގީގު ނުކުރާނެކަމަށް އެނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ސާލިހު ހަވާލު ކުރެއްވީ އެކަމުގައި ބައިވެރިވެފައިވާ ފަރާތްތަކަކާއި ކަމަށާއި، އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ އަހަރުތަކެއްވަންދެން ރައްޔިތުންގެ ޓެކްސް ފައިސާ އެ ކޮމިޝަން އެދޭ ގޮތެއްގެ މަތިން ބޭނުންކޮއްފައިކަމަށް އެނާ ވިދާޅުވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންނަށް ގިނަ އަދަދެއްގެ ފައިސާތަކެއް ހަރަދު ކުރުމަށްފަހު އުވާލާފައިވާކަމަށް ފާހަގަކުރައްވާ ސައީދު ވިދާޅުވީ، ރައީސް ސާލިހު އެކަން ކުރެއްވީވެސް ވިސްނާލެއްވުމެއް ނެތިކަމަށެވެ. އަދި އެ ކޮމިޝަނުން އެއްވެސް މަސައްކަތެއް ކުރި ކަމާއިމެދު ސުވާލު އުފައްދައި އެނާވަނީ އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމައްވެސް އެއްވެސް މަސައްކަތެއް ކޮއްފައިނުވާކަމަށް އިޝާރާތްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: