ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަންޖެހެން މަސައްކަތް ކުރި ފައިސަލްގެ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްފި

ނޮޅިވަރަމްގައިމަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު އަދި މި މައްސަލައިގައި ތުހުމަތުތަކެއް ކުރާ އޭނާގެ ފިރިމީހާ ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަނބިމީހާ މަރާލިކަމަށް ތުހުމަތު ކުރެވި ބަންދު ކުރެވިފައި ހުއްޓާ ދަންޖެހިގެން މަރުވުމަށް މަސައްކަތް ކުރި އަބޫބަކުރު ފައިސަލްގެ ހަށިގަނޑު އާއިލާއާއި ހަވާލުކޮއްފައިވާކަމަށް ފުލުހުންގެ މުވައްސަސާއިން ބުނެފިއެވެ.

ނޮޅިވަރަމްގައި އެނާގެ އަނބިމީހާ ނިޝާމާ މަރާލުމުގެ ތުހުމަތު ކުރެވި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހެން މަސައްކަތްކުރި ފައިސަލްއަށް ވަނީ ފަރުވާދީފައެވެ. އެގޮތުން އެނާ ވަނީ ވެންޓިލޭޓަރެއްގައި ބާއްވާފައިކަމަށްވީނަމަވެސް، އެނާ އޮތީ ސީރިއަސް ހާލަތެއްގައެވެ. އެނާ މަރުވެފައިވަނީ ވެންޓިލޭޓަރުގައި ބާއްވާފައި އޮއްވާ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.

ފައިސަލްގެ މައްޗަށް އަނބި މީހާ މަރާލިކަމުގެ ތުހުމަތުތައް ކުރެވިފައިވީނަމަވެސް، ނިޝާމާގެ މަރާއި ގުޅޭގޮތުން ފުލުހުންގެ މުއައްސަސާއިން އިތުރު މައުލޫމާތުތައް ދީފައިނުވެއެވެ. ނިޝާމާގެ ހަށިގަނޑު ފެނުނީ އޭނާ ދިރިއުޅުން ގޭގެ ތެރެއިންކަމަށްވާއިރު، އެނާގެ ދަރިންވެސް އެވަގުތު ގޭގައި ހާޒިރުވެ ތިއްބެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 86%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ގޭގައި ހާޒިރުވެ ތިއްބޭ ބުނީމަ ހީވަނީ އެހެން ތަނެއްގައި އުޅޭ ބަޔަކު އެގެއަށް އެގަޑީގައި ހާޒިރުވެ ތިބީ ކަމަށް، އިނގިރޭސި ބަހުގައި ޕްރެސެންޓް އަކީ ހާޒިރު، އެކަމަކު ޕްރެސެންޓް އެޓް ހޯމް އަކީ އެވަގުތު ގޭގައި ތިބުން. ހާޒިރުވީއެކޭ ނުބުނާނެ ކަންނޭގެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: