ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު އުޅުއްވަނީ ރައީސް ޔާމީން ސިޔާސީ މައިދާނުން ގެއްލުވާލަން: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް / ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ މައިގަނޑު މަގްސަދަކީ ރައީސް ޔާމީން ސިޔާސީ ގޮތުން ސިޔާސީ މައިދާނުން ގެއްލުވާލުން ކަމަށް  ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް ޕީއެންސީގެ ފަރާތުން ކ އަތޮޅުގެ ރަށްތަކަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލު ކުރައްވައި ޝިޔާމް ވިދާޅުވީ މިސަރުކާރުގެ ހަމައެކަނި ބޭނުމަކީ ރައީސް ޔާމީނަށް ގެއްލުންދިނުން ކަމަށެވެ.

ރައީސް ސާލިހުގެ އާއިލާ އާއި ރައްޓެހިންނާއި ސަޕޯޓަރުންނަށް ވަޒީފާ ދީގެން ރައީސް ޔާމީން އަށް ގެއްލުން ދިނުމަށް ކުރާ މަސައްކަތްތަކުގައި އެހުރިހާ އެންމެން ބައިވެރިކޮަށްގެން މަސައްކަތް ކުރަމުންދާ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

މިވަގުތު ދިވެހިރާއްޖޭގައި އެއްވެސް ޕްރޮޖެކްޓެއް ހިނގަމުންނުދާ ކަމަށާއި ދިވެހި ދައުލަތް އެއްކޮށް ދަވާލައިފި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންނާއި ހަމައަށް ޕީޕީއެމް އިން ދަނީ މިސަރުކާރުން މިއަދު ޖައްސާފައިވާ ހާލަތު ބުނެދޭން ކަމަށެވެ. އަދި އެ ހާލަތު ބަދަލު ކުރުމަށް ޕީޕީއެމް ޕީއެންސީ އިން ރާވާފައިވާ ގޮތްތައް އިދިކޮޅު ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކަންކަން ކުރައްވާނެ ގޮތުގެ ވާހަކަ ދެއްކުމަށް ކަމަށެވެ.

ޝިޔާމް ވިދާޅުވީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމްގެ ފަރާތުން ބާއްވާ ޖަލްސާ އަކީ ވަރަށް ގިނަ ރައްޔިތުން އެދިގެން ފެލާލައިފި ގެ ނަމުގައި ބާއްވާ ޖަލްސާ އެކެވެ.

ޝިޔާމް ވިދާޅުވީ މިއަދު ކ އަތޮޅަށް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް އިން ކުރާ ދަތުރުގައި ޖަލްސާ އަށް ދައުވަތު އަރުވާ ކަމަށެވެ. އޭގެ އިތުރުން މުޅި ރާއްޖޭގައި ތިބި ގައުމުގެ ހާލަތު ބަދަލު ކުރަން ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ޕީޕީއެމް އިން ބާއްވާ ޖަލްސާ އަށް ދައުވަތު އަރުވާފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިއަދު ޕީޕީއެމްގެ ރައީސް ޔާމީން ހުންނެވީ އެއްވެސް ދިމާލަށް ވަޑައިނުގެންނެވޭ ހާލަތުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. ދެއިރު ދެދަޅައަށް ކަހަލަ ގޮތަކަށް ދައުލަތުގެ ކޮންމެވެސް މުއައްސަސާ އަކަށް އެމަނިކުފާނު ގެންދަނީ ހާޒިރު ކުރަމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމަށް އައިފަހުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އެންމެ ބޮޑު މަގްސަދަކަށްވީ 2018 ގެ ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުން ހަމަ އެއްކޮށް ފެލާލައިފިކަމަށެވެ.

ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް އިން މިދިޔަ ހަފްތާގައި ރައްޔިތުންގެ ކަންބޮޑުވުންހުރި ދައުލަތުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަށް ކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭގެތެރޭގައި އެމްއެމްއޭ އަށް ޒިޔާރަތް ކުރި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު ޕީޕީއެމް އިން ޒިޔާރަތް ކުރި ދުވަހު ވިދާޅުވި ވާހަކަ ފުޅަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އިތުރަށް އިތުރުވެގެންދިޔަ ވާހަކަތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދިވެހިސަރުކާރުގެ މާލީ ކަންކަން ބަލަހައްޓަމުންދާ ގޮތް އެމްއޭއަށް ނޭނގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ދިވެހި ދައުލަތުން ނަގާ ލޯނު ތަކުގެ ތަފްސީލް އެމްއެމްއޭ އަށް ނޭނގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކަށް ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ ނަމުގައި ނަގާ ލޯނުތަކުގެ އެއްވެސް ތަފްސީލެއް ނުލިބޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ރިޒާވްގައި ހުންނަންޖެހޭ ފައިސާގެ މިންވަރު ވަނީ އިންތިހާ އަށް ދަށްވެފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 88%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިދިކޮޅުންވެސް ވެރިކަމާހަވާލުވާން ބޭނުންނަމަ އިލްމީ ޤާބިލް ބޭފުޅުން ކުރިއަށްނެރުއްވާ، ނަރީސްމެން، ސުޖާމެން އަދުރޭމެންލައިގެން ނިއުޓްރަލްކޮއްތިބި މީހުން ވޯޓެއްނުލިބޭނެ، ކަލޭމެންވެސް ވެރިކަންދިނީމަ ކުރީވައްކަން މިހާރުވެސް ކުރަނީ ވައްކަން، މިހާރުވެސް ތިތާއެނބުރޭ ކުދިންކޮޅު އެބުނަނީ ސީދާވެރިކަން ބަދަލުވީމަ އެމީހުންގެ ހުރިހާކަމެއް ހަމައަށްއެޅޭނެޔޭ، 5އަހަރު މިހެން މިއުޅެނީ ލިބެންއޮތްއެތި ބޮޑުވީމައޭ، މީ ތިތާތިބި 99% މީހުންގެ ވިސްނުންހުރިގޮތް އެހެންވީމަ މި ވެރިކަން ބަދަލުކުރުމުގެ މާބޮޑު ބޭނުމެއްނެތް، އިންތިހާބުނިމި އަހަރެއްދާއިރުވެސް މަގާމުތައްހަވާލުކޮއް ނުނިމޭ އެހެންވީމަ ވޯތުވާވަރުގެ ޓީންއެއް ނުދައްކަންޔާ މިމީހުންހަމަ ވެރިކަމުގަ ތިބޭނެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: