ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ދެން ދުވަހަކުވެސް ތިޔަ މީހާއަށް ދޭނެ ވޯޓެއް ނޯންނާނެ”

ރައީސް ސާލިޙް އަދި ރައީސް ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީއިން 2023 ވަނަ އަހަރުގެ ޖެނުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމުން ސާޝަލް މީޑިއާއިން ފެނިގެން ދިޔަ މަންޒަރު ވަރަށް ވެސް ތަފާތެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާނުކުރެއްވުމަށްފަހު، ރައީސް ނަޝީދުވަނީ ޕްރައިމަރީ ކާމިޔާބު ނުކުރެއްވިދާނެކަމުގެ އިޝާރާތްތަކެއް ކުރައްވާފައެވެ. އެގޮތުން ޕާޓީގެ ދަފްތަރުވަނީ ގަޑުބަޑުކޮއްފައިކަމަށާއި، އެކަމުގެ ސަބަބުން ޕްރައިމަރީގެ ނަތީޖާގެ މިނިވަންކަން ގެއްލިގެންގޮސްދާނެކަމަށް އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

މިހާރު ވެރިކަންކުރައްވަމުންދާ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި ރައީސް ނަޝީދުގެ އެކުވެރިކަމުގެ ތެރެއަށް ސިޔާސީ އަދި ވެރިކަމުގެ އެދުންވެރިކަންވަދެ ބޮޑެތި މައްސަލަތަކެއް ޖެހި ގުޅުން ކުޑަވެފައިވާ ދަނޑިވަޅެއްގައި ޕްރައިމެރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރުން ވެގެންދިޔައީ ރައީސް ނަޝީދު ސީދާ ރައީސް ސާލިޙްއާއި ދެކޮޅަށް ނުކުންނެވުން ފަދަ ކަމެއް ގޮތުގައެވެ. ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ރައީސް ސާލިހުވެސް ވަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް މަސައްކަތްތައް ފައްޓަވާފައެވެ.

ރައީސް ނަޝީދުގެ އިއުލާނަށް ގިނަ ފަރާތްތަކަކުންވަނީ މަރުހަބާ ކިޔާފައެވެ. އެއްވެސް މަޖުބޫރުކަމެއް ނެތި ހެޔޮ ހިތުން އުފަލުން ހިލޭ ސާބަހަށް ކެމްޕެއިންގައި މަސައްކަތް ކޮއްދޭނެކަމަށާއި، މި ކެމްޕެއިން ކާމިޔާބު ކުރާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ރައީސް ނަޝީދަށް ހިތްވަރު ދެއްވާފައެވެ. އަދި އާއިލާގެ އެންމެވެސް ތިއްބެވީ ރައީސް ނަޝިދަށް ވޯޓު ދެއްވުމަށް ތައްޔާރަށް ކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކޮއްފައިވެއެވެ.

އެހެންނަމަވެސް ކުރިން ރައީސް ނަޝީދު އަނިގެ ގޮތުގައި މަޝްހޫރުވެގެންދިޔަ އިރު، އަމާޒު ނުވާ އެތައް ފާޑުކިޔުމެއް ޕާޓީގެ މެމްބަރުންނާއި އާންމުންވެސް ވަނީ އެމަނިކުފާނަށް އަމާޒުކުރައްވާފައެވެ.

 

ބައެއް ފަރާތްތަކުންވަނީ އެމަނިކުފާނު ޓްވިޓަރގައި ކުރެއްވި އިއުލާނުގައި ކޮމެންޓުކޮއް، އެމަނިކުފާނަށް ވޯޓެއް ދެވެން ނެތް ކަމަށް ބުނެފައެވެ. އަދި އާއިލާގެ 80 އިންސައްތަ ވަނީ ރައީސް ސާލިހު އާއިއެކު ކަމަށާއި، އެ ވޯޓުތައް ރައީސް ސާލިހަށް ކަށަވަރުކަމަށްވެސްް ބުނެފައިވެއެވެ.

ރައީސް ނަޝީދު ހުންނެވީ ވެރިކަމުގެ ދަހިވެތިކަމުގައި ޖެހިވަޑައިގެންކަމަށް ސިފަކުރައްވާ ބައެއް ފަރާތްތަކުންވަނީ އެ ކަން ދޫކޮއްލައްވަން ނުވޭތޯވެސް ސުވާލުކޮއްފައެވެ. އަދި އެމަނިކުފާނަށް ލިބުނު މިންވަރައިގެން ގަދަރުވެރި މީހެއްގެ ގޮތުގައި ގައުމުގެ ކަންކަން “ގަޑުބަޑު ނުކޮއް” ހުންނަވަން ނުވޭތޯ އާއި ގޭގައި ހުންނެވި ނަމަވެސް ދައުލަތުން އާމްދަނީއެއް ލިބިގެންދާނެކަމަށްވެސް ބައެއް ފަރާތްތަކުންވަނީ ފާހަގަކޮއްފައެވެ.

އެމަނިކުފާނަށް ފާޑުކިޔުން އަމާޒު ކުރި ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުން، އެމަނިކުފާނަށް ދޭ ކޮންމެ ވޯޓަކީވެސް އިދިކޮޅަށް ދޭ ވޯޓެކެވެ. އަދި އެމްޑީޕީގެ ވެރިކަމެއް ބޭނުންވާ ނަމަ ހަމައެކަނި ޗޮއިސްއަކީ ރައީސް ސާލިހުކަމަށްވެސް ބުނެފައިވެއެވެ.

ކުރިއަށް އޮތް ޕްރައިމަރީއިން ރައީސް ނަޝީދު ކުރިމަތިލައްވާނީ ނާކާމިޔާބީއާއި ކަމަށް ފާހަގަކުރި ފަރާތަކުން ބުނެފައިވާގޮތުން، ރައީސް ސާލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވުމުގެ މަގުސަދުގައި ހެއްދެވެން އޮތް ހުރިހާ މަކަރެއް ހައްދަވާނެއެވެ. އަދި ބާރުގެ ބޭނުން ކުރައްވާނެކަމަށާއި، ވަޒީފާގެ ބިރު ދެއްކުން ފަދަ އަމަލުތައް ހިންގަވައިގެން ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރައްވާނެއެވެ.

އެހެންކަމުން އެހިސާބުން ރައީސް ނަޝީދު ނާކާމިޔާބުވެ، ރައީސް ސާލިހުގެ ފަހަތައް އަރުއްވަން ޖެހިވަޑައިގަންނަވާނެކަމަށްވެސް ފާހަގަކޮއްފައިވެއެވެ. ބުނެފައިވާގޮތުން އެ ނޫން ގޮތަކަށް އަމަލު ކުރައްވައިފިނަމަ ކުރިއަށް އޮތް ދައުރުގައި ރައީސް ނަޝީދަށް އަކަށީގެންވާ މަގާމެއްވެސް ލިބިވަޑައިނުގަންނަވާނެއެވެ.

ރައީސް ނަޝީދު ކުރެއްވި އިއުލާނުގައި ކޮމެންޓުތަކަށް ބަލާލުމުން ގިނަ އަދަދެއްގެ މީހުން އެމަނިކުފާނުގެ ނިންމެވުމަށް ފާޑުކިޔުން އަމާޒުކޮއްފައިވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ފާހަގަކުރައްވާފައިވާގޮތުން މި ނިންމެވުމަކީ ގިނަ ބަޔަކުގެ އެދުމެއް ފުރިހަމަކޮއްދެވުމެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އިއުލާނު ކުރެއްވުމުގެ ކުރިން، މަޖިލީހުން އިންތިޒާމުކޮއްގެން ބާއްވާ އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުވަނީ، އެމަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި މެދު ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވެފައިވާގޮތުން، އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. އަދި އެއީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 7%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: