ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކް ކުދި ފުޅިއާއި އެހެނިހެން ބައެއް ބާވަތުގެ ޕްލާސްޓިކް މަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން، ރާއްޖެ އެތެރެކުރާ އަދި އުފައްދައިގެން ބާޒާރަށް ނެރުން މަނާ ސިންގަލް ޔޫޒް ޕްލާސްޓިކް ބާވަތްތަކުގެ ލިސްޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ގަރާރަކުން ކަނޑައަޅައި މަނާކޮށްފިއެވެ.

ރައީސް ސާލިހުގެ ގަރާރުގައި ވާގޮތުން ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައިހުންނަ ތަކެތީގެ ތެރެއިން، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކްގެ ތެރެއިން ގަރާރުގައި ހިމަނާފައިވާ 13 ބާވަތެއްގެ ތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ރާއްޖެ އެތެރެކުރުމާއި އުފައްދައިގެން ބާޒާރަށް ނެރުން މަނާ ތަކެތީގެ ތެރޭގައި ހިމެނެނީ:

ބާޒާރު ކުރަން ބޭނުން ކުރާ 50 މައިކްރޯނަށް ވުރެ ތުނި ކޮތަޅު

30 ސެންޓިމީޓަރަށްވުރެެ ކުދި ޕްލާސްޓިކް ކޮތަޅު

ކާބޯތަކެތި ބަންދުކުރާ ސްޓައިރޮފޯމް ފޮށި

ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓް މުދާ

ސުޕާރީ

50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޝޭމްޕޫ، ސައިބޯނި ، ކޮންޑިޝަނަރ އަދި ލޯޝަން

ރާއްޖޭގައި އުފައްދާ 500 އެމްއެލް އަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފަ ހުންނަ ފެން

ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން

ޕްލާސްޓިކް ދަނޑިކޮޅު ލައްވާފައި ހުންނަ ކަފަބުރު

ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓީކް ހޮޅި

ޕްލާސްޓީކް ކާ ތަށި، ސަމުސާ، ވަޅީ، އޫ އަދި ދިޔާ ތަކެތި ގިރުމަށް ބޭނުންކުރާ ދަނޑިކޮޅު

250 މިލިމީޓަރަށްވުރެ ކުޑަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ތަށި

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: